ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-DR/1/2019/229
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 14 ނޮވެންބަރު 2019 14:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ރިވެލި މަޢުރަޒު 2019

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުމުގެ މަޤްޞަދުގައި "ރިވެލި މައުރަޒު" ގެ ނަމުގައި މިމިނިސްޓްރީއިން މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމާއި، އެކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ހޯދައިދެވޭނެއެވެ. މިފަދަ ފުރުޞަތުތަކުގެ ސަބަބުން މި ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދެވިގެންދާނެއެވެ. މީގެ އިތުރުން އެފަރާތްތަކުގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް އެމީހުންނަކީ މުޖުތަމަޢުގެ މުހިންމު ހިއްސާއަކަށް ވެގެންދިއުމުގެ މަގުތައް ފަހިވެގެންދާނެއެވެ. މި މައުރަޒު ކުރިޔަށް ގެންދިޔުމަށް ރާވާފައި ވަނީ 01 ޑިސެމްބަރ 2019 އިން 03 ޑިސެމްބަރ 2019 ގެ ނިޔަލަށެވެ.

ވީމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ދައްކައިދޭ ޤައުމީ މަޢުރަޒު "ރިވެލި މަޢުރަޒު 2019" ގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް) ފުރުމަށް ފަހު 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޯމް ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުންނާއި، ރަށު ކައުންސިލްތަކުންނާއި، މިމިނިސްޓްރީގެ ވެބް ސައިޓް އިން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3027557 ޑިސްއެބިލިޓީ ޑިވިޜަނަށް ގުޅުއްވުން އެދެމެވެ.

 

24 އޮކްޓޯބަރ 2019

 

24 އޮކްޓޫބަރު 2019