ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)237-C/237/2019/13
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 06 ނޮވެންބަރު 2019 00:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އަތޮޅު ސްޓޭޓް ހައުސްގެ މަރާމާތު މަސައްކަތް ނިމުނު އިރު ނަގާފައިހުރި ކުރިން ބޭނުންކުރި ތަކެއްޗާއި، ބާވެފައިހުރި ބައެއްތަކެތި ނީލަންކިޔުން

އިޢުލާން

މި އަތޮޅު ސްޓޭޓް ހައުސްގެ މަރާމާތު މަސައްކަތް ނިމުނު އިރު ނަގާފައިހުރި ކުރިން ބޭނުންކުރި ތަކެއްޗާއި، ބާވެފައިހުރި ބައެއްތަކެތި ނީލަންކިޔަން ބޭނުންވާތީ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަންކިޔުމާއި ނެއްތައިލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ނީލަންކިޔުމުގެ ކުރިން ދައުލަތުގެ އެއްވެސް އިދާރާއަކަށް އެތަކެތި ބޭނުންވޭތޯ ބަލަންޖެހެއެވެ.

 

ވީމާ، މި އިޢުލާނާއެކު މިފޮނުވާ ލިސްޓުގައިވާ ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ބޭނުންފުޅުވާނަމަ އެ އެއްޗެއްގެ ތަފްޞީލް އެނގޭގޮތަށް 2019 ނޮވެންބަރު 06 ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

 

                                                24 ޞަފަރު 1441

                                               23 އޮކްޓޫބަރު 2019

 

 

                                                                                                                                        

                                                                                                                                 

23 އޮކްޓޫބަރު 2019