ދިވެހިރާއްޖެ
މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާ
ށ. ކޮމަންޑޫ / ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމު: |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމް ނަންބަރު: |
J-316816 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި : |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ/ށ.ކޮމަންޑޫ |
މުސާރަ |
-/ 5610 ރުފިޔާ |
ސަރވިސް އެލަވަންސް |
-/ 2000 ރުފިޔާ |
އެހެނިހެން އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތު |
1. ރަށުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ރަށުގެ އިޤްތިޞާދީ ސަރަހައްދުގައިހުރި ވިޔަފާރީގެ ފުރުޞަތުތައް ހޯދައި، އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުން. 2. ކައުންސިލް އިދާރާއަށް ލިބޭ އާމްދަނީއާއި ނުލިބިހުރި އާމްދަނީ ބަލާ ހިސާބުކޮށް ލިބެންޖެހޭ އާމްދނީ ހޯދުމަށް ހަރަކާތްތައް ރާވައި ހިންގުމާއިއެކު ދިމާވާ މައްސަލަތައް ކައުންސިލާއި ހިއްސާކުރުމާއެކު ފައިސާ ލިބެންދެން ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުން މިކަމުގައި ފުރިހަމައަށް ޒިންމާވުން. 3. ކައުންސިލްގެ އިޚްޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަޅުގެ ބޭނުންކޮށްގެން ކައުންސިލަށް އާމްދަނީ ލިބޭނެ އަދި ރައްޔިތުންނަށް އެންމެ މަންފާ ލިބޭނެގޮތަށް ކައުންސިލުން ނިންމާކަންކަން ހަމަޖެހިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުން. 4. މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކާއި ވިޔަފާރި ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރެންޓްތަކަށް ހަދަންޖެހޭ އެންމެހައި ރަޖިސްޓްރީތަކާއި ލައިސަންސްތައް އަދި ހުއްދަތައް ހެދުމާއި އުވާލަންޖެހޭ މިފަދަ ތަކެތީގެ އެންމެހާ މަސައްކަތްތައް ކުރުމާއެކު ތަފާސް ހިސާބުތައް ބެލެހެއްޓުން. 5. ކައުންސިލްގެ އިދާރާއިން އާމްދަނީ އިތުރުކުރުމަށްޓަކާ ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ކައުންސިލްއިން ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކައުންސިލުން ނިންމާގޮތަށް އެކަން ރާވާ ހިންގުން މިކަމުގައި ފުރިހަމައަށް ޒިންމާވުން. 6. ބިދޭސީންގެ ދަފްތަރު އަފްޑޭޓްކޮށް ބަލަހައްޓައި ބިދޭސީންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން. 7.މަސްވެރިކަމާއި ދަނޑުވެރިކަން އަދި ލޯކަލް ޓުއަރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ގެސްޓްހައުސްތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުން. 8.ކައުންސިލުން ހިންގާ ލޯން ޕްރޮގްރާމާއި އަދި ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް ކައުންސިލްގެ މަޝްވަރާގެ ދަށުން ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން. 9.ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމާބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީގޮތުން ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުން. 10.ރަށުގައި ހިންގާ ވިޔަފާރިތައް ހިންގަނީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްތޯބަލައި ކައުންސިލްގެ ލަފާގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 11. ކައުންސިލަށް އާމްދަނީ ހޯދުމަށްކުރާ އެންމެހާ ކަންކަން ކުރުމާއި ބެލެހެއްޓުން. 12. އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުން މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން. |
މަޤާމުގެ ޝަރުތުތައް |
ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އިކޮނޮމިކްސް ގެ ދާއިރާއަކުން:
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާއަށެވެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected])) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ނޮވެމްބަރ 10 އާއި 2019 ނޮވެމްބަރ 14 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540027 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. |