ދިވެހިރާއްޖެ
ކުނި ގޮނޑުގައި މިހާރު ހުރި ކުނިތައްނަގާ ސާފުކުރުން
މިރަށު ކުނި ގޮނޑުގައި ހުރި ކުނިނަގައި އެފަދަ ކުނި އަޅަން ހަމަޖެހިފައިވާ ރަށަކަށް ގެންގޮސް ކުނި ގޮނޑު ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 12 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 11:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ކުނި ގޮނޑުގައި މިހާރު ހުރި ކުނިތައްނަގާ ސާފުކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.