ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/1/2019/23
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 06 ނޮވެންބަރު 2019 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ވަގުތީ)

ވަޒީފާގެ ފުރުޞަތު (ވަގުތީ)

ނަންބަރު:(IUL)195-A-HR/1/2019/23

ތާރީޚް:23 އޮކްޓޯބަރ 2019

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ކޮންޓްރެކްޓް)

ކޮންޓްރެކްޓް މުއްދަތު

06 މަސްދުވަސް

ރޭންކް

ޖީ.އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ސެކްޝަން / ޔުނިޓް

ޖެނެރަލް އެޑްމިން، ފްރޮންޓް އޮފީސް/ރިސެޕްޝަން ޔުނިޓް

ބޭނުންވާ އަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ

-/6,611 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

 - ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

 - ނޮން ޕްރެކްޓިސް އެލަވަންސް: (އަސާސީ މުސާރައިގެ %50) 3,305/50  ރުފިޔާ

 - ހާޟިރީ އެލަވަންސް: ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން ދުވާލަކަށް100/-   ރުފިޔާ

 - އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

 

 

އަސާސީ ޝަރުޠު

1- އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،

 2- އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެޗް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،

 3- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ  ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 - ކޮމިޝަނުގެ ސްޓޮކަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދައި އިންވެންޓްރީ ބެލެހެއްޓުމާއި ސެކްޝަންތަކުން ފޮނުވާ ރިކްއެސްޓްތަކަށް ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކް ބާކީ ގަވާއިދުން ބަލަހައްޓައި ސްޓޮކަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓަށް ފޮނުވުން.

 - ކޮމިޝަނުގެ ރިސެޕްޝަން ބެލެހެއްޓުމާއި ކޮމިޝަނަށް އަންނަ ތަކެތި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވުމާއި ކޮމިޝަނުން ފޮނުވާތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި  އެކަންކަމުގެ ރެކޯޑް ބެލެހެއްޓުމާއި ކޮމިޝަނަށް އަންނަ ފޯނުކޯލްތައް ކަމާބެހޭ ސެކްޝަންތަކަށް ފޯވާޑްކުރުމާއި ކޯލްތަކަށް ޖަވާބުދިނުން.

 - ޔުނިޓުގެ އެންޓްރީ އަޕްޑޭޓް ކުރުމާއި ލިޔެކިޔުންތަކުގެ ރެކޯޑް ބަލަހައްޓައި ގަވާއިދުން ފައިލް ކުރަމުން ގެންދިޔުން.

 - ޔުނިޓުން ޖަވާބުދޭން ޖެހޭ މައްސަލަތަކުގައި ވެރިންގެ ލަފާގެމަތިން ޖަވާބުތައްޔާރުކޮށް ފޮނުވުން.

 - ޔުނިޓުގެ މުވައްޒަފަކު، ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން

  - މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން މި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

 

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2. ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު
  3. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ
  4. ވަނަވަރު  (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)     
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)          .ނޯޓް:ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
     
  6. ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ހިމެނޭ ސެޓްފިކެޓްތަކުގެ ޓްރާސްކްރިޕްޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު
    - މި އިޢުލާނަށް ހުށަހަޅަން ބޭނުންވާ ސެޓްފިކެޓްތަކުގެ ކޮޕީ އަސްލާއެކު ގެނައުމުން ކޮމިޝަނުން އެޓެސްޓުކޮށްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
  7. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަށް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން
  8. ދަޢުލަތަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

ސުންގަޑި

06 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ތީމުގެ، އާބުރުޒުހިނގުން) ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ޙާޟިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
  3. މި މަޤާމަށް އެޕްލައިކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދެވޭނެއެވެ. މި އިމްތިހާނަށް ކަނޑައަޅާފައިވާ މާކުސްގެ ½ މާކުސް ލިބޭ ފަރާތްތައް އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  4. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ.
  5. ވަޒީފާއަށް މުވައްޒަފަކު ހޮވުމުން އެކަން އަންގާނީ ހަމައެކަނި ވަޒީފާއަށް ހޮވުނު ފަރާތަށެވެ. އެނޫން ކެންޑިޑޭޓަކަށް އެކަމެއް ނާންގާނެއެވެ. ވަޒީފާއަށް މުވައްޒަފަކު ނަގާ ނިމުމުން އެކަން މިކޮމިޝަނުގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ.
  6. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  7. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

23 އޮކްޓޫބަރު 2019