ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)370-CASA/370/2019/95
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 23 އޮކްޓޫބަރު 2019 00:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާމްދީނަށާއި، މިއުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވާރކް އިން ނެރުނު ރިޕޯޓް ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

 
 

c

 

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

              ފީއަލީ،                            ނަންބަރު:  (OTHR)370-CASA/370/2019/95

 ދިވެހިރާއްޖެ.

 

އިސްލާމްދީނަށާއި، މިއުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވާރކް އިން ނެރުނު  ރިޕޯޓް ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

               މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވަރކް (އެމް،ޑީ.އެން) ގެ ފަރާތުން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް " މިނަމުގައި ޝާއިރުކޮށްފައިވާ ރިޕޯޓަކީ އިސްލާމު ދީނަށް ފުރައްސާރަކޮށް އެދީނުގެ މަތިވެރި ކައުނަބިއްޔާގެ ޝަޙްޝިއްޔަތަށް ޤަދަރުކުޑަކޮށް، ޤުރުޢާނުގައި ﷲ ދެއްވާފައިވާ ޚަބަރުތަކަކީ ފްލޯކް ކަމުގައި ދައްކައި، ދީނުގެ ހުރިހާ އަސާސެއް މުގުރާލުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމުގައިވާތީ، ފީއަލީގެ އެންމެހާ ރައްޔިތުންނާއި، މިކައުންސިލުން އެމް.ޑީ.އެން. ގެ ރިޕޯޓް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

              ޖަމްޢިއްޔާ ތަކާއިބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމްޢިއްޔާތަށް ހިންގުމަކީ މަނާކަމެއް ކަމުގައި ވީހިނދު އެމް.ޑީ.އެން ގެ އަމަލަކީ ދިވެހިރާއްޖޭގެ ޖަމްއިއްޔާ ތަކާއިބެހޭ ޤާނޫނާއި ޚިލާފު އަމަލެއް ކަމުގައިވާތީ، އެފަރާތާއި މެދު އެކަށީގެންވާ ހަރުކަށި ފިޔަވަޅު އަޅުއްވަންޖެހޭނެ ކަމަށް މިކައުންސިލުން ޤަބޫލު ކުރަމެވެ.

             އެހެންކަމަށްވާތީ، މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވާރކް ( އެމް.ޑީ.އެން. ) އިން ހިންގި އިސްލާމް ދީނާއި ޚިލާފު ދަށު ދަރަޖައިގެ މިޢަމަލު ބައްލަވައިދެއްވައި، އެ ޖަމްޢިއްޔާ އާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް އެދި ސަރުކާރުގެ ކަމާއިބެހޭ އެންމެހާ އިދާރާ ތަކަށާއި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ސާލިޙަށް ގޮވާލަމެވެ.

1441 B 24

23 އޮކްޓޫބަރ 2019

 

މުޙައްމަދު ޖަލީލް                    މޫސާ އަޙްމަދު                  އަޙްމަދު އާދަމް

ކައުންސިލްގެ ރައީސް            ކައުންސިލްގެ ނައިބު ރައީސް            ކައުންސިލްގެ މެމްބަރ

23 އޮކްޓޫބަރު 2019