ދިވެހިރާއްޖެ
މިރަށުގެ ސިނާއީ ސަރަހައްދުން ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ ކުލީ ބިންތަކުގައި ބައެއް ފަރާތްތަކުން ގަސްއިންދަމުންގެންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. އެސަރަހައްދުގައި ހުރި ހުސްބިންތަކަކީ ބިމުކުލި ނެގޭގޮތަށް ދޫކުރުމުންދާ ބިންތަކެއްކަމުން ކައުންސިލްގެ ހުއްދަނެތި އެތަނުން އެއްވެސް ބިމެއްގައި ގަސްއިންދާ ހެދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.އަދި މިހާރު އެސަރަހައްދުގެ ހުސް ބިންތަކުގައި އާއްމު ފަރާތްތަކުން އިންދާފައިވާ ގަސްތަށް 3 ދުވަހުގެ ތެރޭގައި ނަގާ ސާފު ކުރުމަށްފަހު އެކަން މިކައުންސިލަށް އެންގެވުން އެދެމެވެ.މިއިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރު 6780041 ނުވަތަ 7980047 ނަމްބަރާ ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.