މަސައްކަތް
ނަންބަރު: (IUL)347/347/2019/82
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 10 ނޮވެންބަރު 2019 13:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ އެދުރުހިޔާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އދ. ހަންޏާމީދޫގެ އެދުރުހިޔާ ބިމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި މި އިދާރައިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި އެވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ.

ބިޑްފޯމު ދޫކުރުން

ޕްރީބިޑް މީޓިން

2019  އޮކްޓޫބަރު 30 އިން 2019 ނޮވެމްބަރ 10 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް، ބިޑު ފޮތެއްގެ އަގަކީ 250 ރުފިޔާއެވެ.

 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގައި ހަންޏާމީދޫ ކައުންސިލްގެ އިދާރައިގައެވެ.

ބިޑުހުށަހެޅުން

ބިޑު ހުޅުވުން

 2019ނޮވެމްބަރ 04 އިން 2019 ނޮވެމްބަރ 10 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއިންނެވެ.

2019 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގައި، ބިޑުހުށަހެޅި ފަރާތްތަކުގެ ނުވަތަ އެ ފަރާތްތަކުން ފޮނުވާ ބައެއްގެ ޙާޟިރުގައެވެ

     

  މި ކަމަށް އެދި ހުށަހަޅާ ބިޑުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި "އދ. ހަންޏާމީދޫ އެދުރުހިޔާ އިމާރާތްކުރުމާއި ގުޅޭ" މިހެން ލިޔެފައެވެ. ބިޑު ހުށައަޅުއްވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ ބިޑުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބަލައިނުގަންނާނެވާހަކަ ދަންނަވަމެވެ. ބިޑު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ބަދަލުގައި ހާޒިރުވާފަރާތުން ހުށަހަޅަންވާނެއެވެ. މީގެއިތުރުން ބިޑު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

22 ޖުލައި 2018