ދިވެހިރާއްޖެ
މިރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި3-a (ސައިހޮޓާ ކެފޭ)، 4-c (ލައިޓް އިންޑަސްޓްރިއަލް ވޯކްޝޮޕް)، 4-a* (މަސްކައްކައި ހިއްކުން)، 7d (ގެރިބަކަރިއާއި ދޫނިސޫފާސޫފި)،4e (ވަޑާމުގެ މަސައްކަތް) ގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން އެކި ސަރަޚައްދުތަކުން ބިން ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2019 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން 2019 ނޮވެމްބަރު 04 ވާ ހޯމަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.
މިއިޢުލާނާ ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2019 ނޮވެންބަރު 05 ވަނަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2019 ނޮވެމްބަރު 12 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި އެއްބާވަތެއްގެ 2ބިން ދޫނުކުރެވޭނެއެވެ.
ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރެޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވެލުއޭޓް ކުރެވޭނީ ކޮންމެ ބާވަތެއްގެ ބިން ވަކިންނެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.