މުބާރާތް
ނަންބަރު: (IUL)30-C/30/2019/240
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 1215
ސުންގަޑި: 30 އޮކްޓޫބަރު 2019 1200
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް ބޭނުންވާ ދޮންކެޔޮ ވީހާވެސް ތާޒާކަންމަތީ ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއާއެކު މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. (ސަޕްލައި ކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓް އަދި ރައްތައް ހިމެނިފައިވާ ކަރުދާސް މިއިއުލާން އާއި އެކު އެއްއުރަކުރެވިފައި)

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 30 ވާ  ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ)  އަށް ވަޑައިގެންދެއްވުން އެދެމެވެ.

އަގު ހުށަހަޅަންޖެހޭ ގޮތް: 3 އައިޓަމަށް ވަކިން (ވަކި އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި، އިއުލާނާއި އެކު އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހިމެނިފައި)

 • މަސައްކަތުގެ މުއްދަތު / ރަށްރަށަށް ތަކެތި ސަޕްލައި ކޮށްދޭންޖެހޭ ދުވަސްވަރު
 • ޔުނިގްރޯއަދި ގަސް އިންދާ ކޮތަޅު – 30 ޑިސެމްބަރ 2019 ވަނަ ދުވަހުގެ ކުރިން
 • ފަތްކެތޮ ގަސް – 30 ޑިސެމްބަރު 2019 އާއި 30 ޖެނުއަރީ 2020 ވަނަ ދުވަހާއި ދެމެދު

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

 • އަގަށް 90 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 90 )
 • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 10 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

 • ފުރިހަމަ ކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް
 • ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
 • ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
 • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ
 • ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
 • އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

 

2019-10-23