ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2019/79
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 07 ނޮވެންބަރު 2019 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ނަރުދަމާ އާއި ގުޅޭ

މިކައުންސިލާއި އެސް.ޖޭ.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން މިރަށު ޤާއިމުކުރުމަށް ހަމަޖެހިފައިވާ  ނަރުދަމާ، ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ޝަރުޢީކޯޓުން ބައިކޮށްދީފައިވާ ބައެއް ބިންތައް ރަޖިސްޓްރީ ކޮށްފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ނަރުދަމާޓީމުން ބައެއް ބިންތަކަށް ޒިޔާރަތްކުރި ކުރުމުގައި ތަފާތު އެކި ސަބަބުތަކާ ހުރެ ބައެއް ބިންތަކަށް ނަރުދަމާހޮޅި ލާންވީ ސަރަޙައްދުވަނީ ކަނޑަނޭޅިއެވެ. ނަރުދަމާހޮޅި ލާންވީ ސަރަޙައްދު ކަނޑައެޅިފައިވާ ބިންތަކުގައި ރަތްކުލައިގެ ސްޕްރޭއިން އެ ސަރަޙައްދު ފާހަގަކުރެވިފައިވާނެވެ.

               ވީމާ، ޝަރުޢީ ކޯޓުން ބައިކޮށްދީފައިވާ ރަޖިސްޓްރީ ނުކުރެވި ހުރި ބިންތަކާއި، ނަރުދަމާ ހޮޅިލާންވީ ސަރަޙައްދު ފާހަގަ ނުކުރެވި ހުރި ބިންބިމުގެ ވެރިފަރާތުން 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ދެންނެވިފައިވާ ކަންކަން ނިންމެވުމަށް އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. އަދި މިތާރީޚްގެފަހުން ދެންނެވިފައިވާ ކަންކަމުގައި މިކައުންސިލުން ޒިންމާނެގެންނެތްވާހަކަ ދެންނެވީމެވެ

23 އޮކްޓޫބަރު 2019