ދިވެހިރާއްޖެ
ދިރާސާ2 ފެރީއަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ
1 ނޮވެންބަރ 2019ން ފެށިގެން ކ.ހުރާ ރައްޔިތުންގެ ފެރީ ދިރާސާ 2 އަކަށް 1 އަހަރު ދުވަހުގެ މުއްދަތައް ބޭނުންވާ ތެލުގެ ބާވަތް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)334/334/2019/122 އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ނޮވެންބަރ 2019 ވާ ހޯމަ ދުވަހުގެ 12:15 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް 6640074 ފޯނާއި ގުޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއި އެކު ހީރަސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.