މަސައްކަތް
ނަންބަރު: GS170/2019/21
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 07 ނޮވެންބަރު 2019 13:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިސްކޫލްގެ ސެކިޔުރިޓީ 1 ޖެނުއަރީ 2020 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 04 ވާ ހޯމަ  ދުވަހުގެ 13:00 ގައި ސްކޫލަށްވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ނޮވެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

މިކަމަށްއެދި ހުށަހަޅަން ޖެހޭ ފޯމް މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ.

23 އޮކްޓޫބަރު 2019