މަސައްކަތް
ނަންބަރު: (IUL)372-A1/372/2019/43
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 30 އޮކްޓޫބަރު 2019 13:30
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ކުރީގެ ހުކުރު މިސްކިތްގޯތީގައި ވުޟޫކުރާ އިސްކޫރު ބަރިއަކާއި ހިނަވާގެއެއް ހެދުމާއި ތަޤވާމިސްކިތުގެ މުށިޖެހުމުގެ މަސައްކަތް ކުރުމާގުޅޭ

އިޢުލާން

                         ފ.މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރުމަށްކުރެވުނު މިއިދާރާގެ  ނަމްބަރ: (IUL)372-A1/372/2018/26 (20 ޑިސެންބަރ 2018)  އިޢުލާން އަދި  މަގޫދޫ ކުރީގެ ހުކުރު މިސްކިތުގެ ގޯތީގައި ހިނަވާގެއަކާއި އަދި ވުޟޫކުރާނޭ އިސްކޫރު ބަރިއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށް ނިންމާދޭނޭ ފަރާތެއް ހޯދުމަށްކުރެވުނު ނަމްބަރ: (IUL)372-B2/372/2019/31 (29 އޮގަސްޓް 2019) އިޢުލާން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ބަލަކާއި ގުޅިގެންނާއި ލިބިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ ބާތިލުކުރީމެވެ.

ވީމާ މަސްޖިދުއްތަޤުވާ މިސްކިތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަކާއި ކުރީގެ ހުކުރު މިސްކިތުގެ ގޯތީގައި ހިނަވާގެއަކާއި އަދި ވުޟޫކުރާނޭ އިސްކޫރު ބަރިއެއް އަމިއްލަ ތަކެތީގައި އިމާރާތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލަމެވެ. އަދި މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

އަންދާސީ ހިސާބު ހުށައަޅާއިރު އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއި، ޖީ.އެއް.ޓީ ރެޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ހުށައަޅަން ވާނެއެވެ.                             

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން

ފ. މަގޫދޫ ކައުންސިލް ޢިދާރާގެ މީޓިންގް ރޫމް

މަޢުލޫމާތު ސާފްކުރުން

2019 އޮކްޓޫބަރު 27 ވާ އާދީއްތަ  ދުވަހުގެ 13:30

އަންދާސީ ހިސާބު ހުށައެޅުން

2019 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 13:30

ބިޑްފޮތްވިއްކުން

2019 ސެޕްޓެންބަރު 23 ވަނަދުވަހުން ފެށިގެން މަޢުލޫމާތު ކަރުދާސް: 500.00ރ އަށް މިކައުންސިލުން ލިބެން ހުންނާނެއެވެ.

 

 

                  މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފަރާތްތަކަށެވެ.

                  އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                              23 ޞަފަރު 1440    

                               22 އޮކްޓޯބަރ 2019                               

22 އޮކްޓޫބަރު 2019