މަސައްކަތް
ނަންބަރު: (IUL)372-B2/372/2019/44
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 30 އޮކްޓޫބަރު 2019 14:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ކުޑަކުދިންގެ ޕާރކްގެ ވަށާ ފާރު ޜެނުމަށް އަންދާސީ ހިސާބު ހޯދުން

އިޢުލާން

            ފ.މަގޫދޫގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ވަށައި ފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)372-B2/372/2019/32  (29 އޮގަސްޓް 2019)  އިޢުލާން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ބަލަކާއި ގުޅިގެންނާއި ލިބިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ ބާތިލުކުރީމެވެ.

ވީމާ ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލަމެވެ. އަދި މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

އަންދާސީ ހިސާބު ހުށައަޅާއިރު އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއި، ޖީ.އެއް.ޓީ ރެޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ހުށައަޅަން ވާނެއެވެ.                        

ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 8:30 އިން 13:00 އަށް ފ. މަގޫދޫ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ -/100 ދިވެހި ރުފިޔާއެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

ފ. މަގޫދޫ ކައުންސިލްގެ މީޓިން ރޫމް

14:00

އާދީއްތަ

27 އޮކްޓޯބަރ 2019

މަޢުލޫމާތު ދިނުން

14:00

ބުދަ

30 އޮކްޓޯބަރ 2019

ބީލަން ހުށަހެޅުން

އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމެނިފައިހުންނަންވާނެވެ.

ހ. "އަމިއްލަ ތަކެތީގައި ކުޑަކުދިންގެ ޕާކްގެ ވަށައި ފާރު ރޭނުމަށް"

ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ. ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.          

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                              23 ޞަފަރު 1440    

                               22 އޮކްޓޯބަރ 2019         

22 އޮކްޓޫބަރު 2019