ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2019/044
އިޢުލާނު
ގެއެއް ކުއްޔަށް ހިފުމާއި ބެހޭ
2020 ވަނަ އަހަރަށް، މިސްކޫލްގެ ބޭނުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުން ވެގެން ކުރި ނަންބަރު GS60(B)/2019/044 (17 އޮކްޓޯބަރު 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާތަރުހީބެއް ލިބިފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނަކީ ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވޭ 2 ވަނަ އިޢުލާނެވެ.
ވީމާ، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު ރަނގަޅު ފެންވަރުގެ ގެއެއް (މަދުވެގެން 2 ކޮޓަރީގެ) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ގަޑި | ތަން | 
| މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | 28 އޮކްޓޯބަރު 2019 | 10:00 ހެނދުނު | ހަނިމާދޫ ސްކޫލް އޮފީސް | 
| އަންދާސީ ހިސާބު ހުށައެޅުން | 05 ނޮވެންބަރު 2019 | 10:00 ހެނދުނު | 
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 ޞަފަރު 1441
22 އޮކްޓޯބަރު 2019