ދިވެހިރާއްޖެ
ނަމްބަރ:GS62/I/2019/34
އިޢުލާން
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-207889 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މަރަދޫ ސްކޫލް / ސ.މަރަދޫ |
މުސާރަ: |
-/3100 |
ސަރވިސް އެލެވަންސް: |
-/1000 |
އެހެނިހެން އެލަވަންސް: |
-/1200 |
އިތުރު ޢިނާޔަތްތައް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
-ކަނޑައެލިފައިވާ ގަޑީގައި ސްކޫލްގަޔާއި ސްކޫލް ހަރަކާތް ހިންގާ އެހެނިހެން ތަންތާގައި ޑިއުޓީ ކުރުން. -ހަވާލު ކުރެވިފައިވާ ކްލާސްތަކުގެ ތަޅުންގަޑާއި ޑެސްކުތައް ފޮޅައި ސާފުކުރުން. ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައި ވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުން. -މުށި ޖަހާފައި ހުންނަ ތަޅުންގަޑު ގައި މޮޕްޖަހާ ސާފުކުރުން. -ހަވާލު ކުރެވިފައިވާ ސަރަހައްދު ކުނިކަހާ، ކުނިނެގުން. -ސްކޫލް އޮފީސް، ލައިބްރަރީ، ސްޓާފްރޫމް، ފާޙާނާ، ސައެންސް ރޫމްގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި، އެތެރޭގައިވާ އެންމެހައި ތަކެތި ފޮޅާ ސާފުކުރުން. -ޑިއުޓީ ގަޑީގައި ފާޙާނާއަށް އަދި ފެންބޯންދާ ކުދިންނާ އެހީވުން. -ސްކޫލުން ހަމަޖައްސާ ޑިއުޓި ތާވަލުގައި އޮންނަ ގަޑިތަކުގައި ސްކޫލަގައި ހުރުމާއި އެގަޑީގައި އަމިއްލަ ބޭނުމެއްގައި ބޭރަށްދާން ޖެހިއްޖެނަމަ ފޮތުގައި ލިޔެ ވެރިއެއްގެ ހުއްދަ ލިބިގެން ނޫނީ ނުދިޔުން. -ހަވާލު ކުރެވިފައިވާ ކްލާސްތަކާއި، އެހެނިހެން ތަންތާގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުން. -ހަވާލު ކުރެވިފައިވާ ސަރަހައްދު ގައި ވިނަ ނޮޅައި ސާފުކުރުން. -ސްކޫލްގައި އުފެދޭ ކުނި ރަގަޅު ގޮތުގައި ނައްތާ އުކާލަންޖެހޭ ބައި އުކާ ސްކޫލްތެރެ ގޮޑުވިޔަ ނުދީ ބެލެހެއްޓުން. -ހަވާލު ކުރެވިފައިވާ ކްލާސްތަކާއި، އެހެނިހެން ތަންތާގެ މަކުނުވާ ފޮޅުން. -ހަވާލު ކުރެވިފައިވާ ކްލާސްތަކާއި، އެހެނިހެން ތަންތާގެ ފާރުތަކުގެ ހަޑިވެފައި ވާތަންތާގައި ކުލަލުން. -ހަވާލު ކުރެވިފައިވާ ކްލާސްތަކުގެ ތަޅުންގަޑު ފެންޖަހައި ދޮވެ ސާފުކުރުން -ގޯތިތެރޭގައިވާ ގަސްތައް ކޮށައި ސާފުކުރުމުގައި ބައިވެރިވުން. -ޑިއުޓީގައި ލީޑިންގް ޓީޗަރުން އަންގަވާ ކަންތައްތައް ކުރުން. -ސްކޫލްގައި ބޭއްވޭ ބައްދަލުވުން ތަކަށް އެކަންތައް ބާއްވާ ތަންތާގެ ފަރުނީޗަރ އަތުރާ އެކަމެއް ނިމުމުން ފަރުނީޗަރ ނަގާ ބަހައްޓަންވާ ތަންތާގައި ބެހެއްޓުން. -ސްކޫލް ކުދންގެ ޙަރަކާތްތަކުގައި ބޭނުންކުރުމަށް ޢިމާރާތުން ބޭރަށް ނެރެފައި ނުވެއްދި ހުންނަ ފަރުނީޗަރ އާ އެނޫންވެސް އެއްޗެހި އެހުންނަން ވާ ތަނަކަށް ވައްދާ ރައްކާކުރުން. |
މަޤާމުގެ ޝަރުޠުތައް: |
-ލިޔަން ކިޔަން އެނގުން. ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ނޮވެމްބަރ 2019 ގެ 12:00 ގެ ކުރިން، މަރަދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6890513 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
35 |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890941 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6890513 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |