ޢާންމު މަޢުލޫމާތު
ނަންބަރު: ރ (IUl) 343-343/2019/98 : ނަމްބަރު
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 12 ސެޕްޓެންބަރު 2019 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއްޔަށް ބިންދޫކުރުމާއިބެހޭ:

 

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

    އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖެ

 

               

 

ނަންބަރ(IUL)343 /343/2019/ 98  :

 އިޢުލާން

 

ކުއްޔަށް ބިންދޫކުރުމާއިބެހޭ:

 

                  މިރަށުގެ ބަނދަރުގެ އިރުމަތިފަރާތު ކޮޅުތޮށިން މަސްވެރިކަމާއި، ގުޅުންހުރި މަސައްކަތްތައް ކުރުމަށް 1000 އަކަފޫޓްގެ  1 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް /1 ރ. ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް /1 ރުފިޔާ އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

                  ވީމާ، ބިން ކުއްޔަށްހިފަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 30 އޮކްޓޫބަރު 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 12 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މިޢިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 12 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި "ބިން ކުއްޔަށްހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

                       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                       22 އޮކްޓޫބަރު 2019

22 އޮކްޓޫބަރު 2019