ދިވެހިރާއްޖެ
މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.
މަޤާމު. |
ފައިނޭންސް އޮފިސަރ (ދާއިމީ) |
||||||||||||||||||||||||||||||||||||||||||||||
މަޤާމްގެ ނަންބަރު. |
J-317177 |
||||||||||||||||||||||||||||||||||||||||||||||
ބޭނުންވާ ޢަދަދު. |
01 (އެކެއް) |
||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި |
ދާއިމީ |
||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް. |
އެމް.އެސް 2 |
||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން. |
ފައިނޭންސް އޮފިސަރ |
||||||||||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ތަން. |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ.އިހަވަންދޫ |
||||||||||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން. |
ކޯޕަރޭޓް އެފެއާޒް ޔުނިޓް |
||||||||||||||||||||||||||||||||||||||||||||||
މުސާރަ. |
-/6295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ) (މަހަކު) |
||||||||||||||||||||||||||||||||||||||||||||||
ސަރވިސް އެލަވަންސް. |
-/2,000 ރުފިޔާ (ދެހާސް ރުފިޔާ) (މަހަކު) |
||||||||||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސްތައް. |
|
||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް. |
(ހ) ކައުންސިލްގެ އިދާރާގެ ތިޖޫރީ ރިޕޯޓް. (ށ) މަހުންމަހަށް ތައްޔާރު ކުރަންޖެހޭ ފައިސާގެ ރިޕޯޓް. (ނ) ކައުންސިލް އިދާރާގެ ހިނގި ޚަރަދާއި ބާކީ 6 މަސްދުވަހުގެ ރިޕޯޓް. (ރ) ކައުންސިލް އިދާރާގެ ހިނގި ޚަރަދާއި ބާކީ އަހަރު ދުވަހުގެ ރިޕޯޓް (ބ) މާލީ ބަޔާން. (ޅ) އިންޓަރނަލް އޯޑިޓް ރިޕޯޓް. (ކ) ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ލިބުނު ފައިސާގެ ރިޕޯޓް. (އ) ބިމުކުއްޔަށް ލިބުނު ފައިސާގެ ރިޕޯޓް. (ވ) ރައްޔިތުންގެ ޢިމާރާތާއި އަދި ރައްޔިތުންގެ ޢިމާރާތުން ކޮޓަރި ކުއްޔަށް ދީގެން ލިބުނު ފައިސާގެ ރިޕޯޓް. (މ) އެކިއެކި ކަންކަމަށް ފައިސާހޯދުމަށް ހުޅުވާ ފަންޑުތަކަށް ލިބޭ ފައިސާގެ ރިޕޯރޓް. (ފ) އަދި ފައިސާއާއި ބެހޭ އެނޫންވެސް ރިޕޯޓެއް ހަދަންޖެހޭނަމަ އެ ރިޕޯޓެއް ހެދުމާއި އެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
|
||||||||||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް. |
|
||||||||||||||||||||||||||||||||||||||||||||||
ހުށައަޅަންޖެހޭ ލިޔުންތައް. |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.) (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
||||||||||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް. |
ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި. |
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެންބަރު 04 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު. |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ނޮވެންބަރު 05 އާއި 2019 ނޮވެންބަރު 10 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
||||||||||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން. |
މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||||||||||||||||||||||||||||||||||||
އިތުރު މައުލޫމާތު. |
މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected]އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ. |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.