ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)359-CA/PRIV/2019/19
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 05 ނޮވެންބަރު 2019 13:00
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަގާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-221266

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ ކައުންސިލް އިދާރާ/ ވ. ފެލިދޫ

މުސާރަ:           

4465.00ރުފިޔާ

ސަރވިސް އެލަވަންސް:

1500.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 700.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު

މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ ސިޔާސީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ރެކޯޑްތައް ޤަވައިދުން ބެލެހެއްޓުން
  2. ކައުންސިލްގެ ސިޔާސީ އަދި ޢިދާރީ މުވައްޒަފުންގެ ސަލާމާއި، ޢާއިލީޒިންމާ އަދި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
  3.  ކައުންސިލް ޕާފޯމެންސް އިންޑެކްސް އަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ފޮނުވުން.      
  4. ކައުންސިލް އިދާރާގެ ހަރުމުދަލާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން.
  5. ކައުންސިލް އިދާރާގެ ލިޔެކިއުމާއި، ފޮޅާސާފުކުރާ ތަކެއްޗާއި، ކަރަންޓްގެ ތަކެތީގެ ސްޓޮކް ދުވަހުންދުވަހަށް ބާކީކޮށް ބެލެހެއްޓުން
  6. ކޮންމެ މަހަކު ކައުންސިލްގެ އިދާރީ އަދި ސިޔާސީ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  7.  ކޮންމެ މަހަކު މިސްކިތާއި ކައުންސިލުން ހިންގާ ބަލަހައްޓާ ޕްރޮޖެކްޓްތަކުގެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް      ތައްޔާރުކުރުން.
  8. މުވައްޒަފުންގެ ޕާފޯމެންސް އެޕްރައިސަލް ފުރިހަމަކޮށް ވިއުގައަށް އެޅުން.
  9. މުވައްޒަފުންނާއި އަދި ވަޒީފާއާއިގުޅޭގޮތުން ލިބޭ ސިޓީ އަދި މެސެޖް ފަދަ ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  10. ސްޓޮކުން ހުސްވާ އަދި އިތުރަށް ބޭނުންވާ ތަކެތީގެ ލިސްޓް ހަދާ ބަޖެޓް ސެކްޝަނާއި ހަވާލުކުރުން
  11.  މުވައްޒަފުންނާއިބެހޭ ފައިލްތައް ތައްޔާރުކޮށް ލޭބަލްކޮށް ގަވައިދުން ލިޔުންތައް ފައިލްކުރުން
  12. މީގެ އިތުރުންވެސް އިދާރާގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްކުރުން

 

މަގާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސުކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން، އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތު ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް ޗެކް ފޯމް.

ވަޒީފާއަށްއެންމެގާބިލު ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް:

  • ތަޢުލީމް 35 އިންސައްތަ
  • ތަމްރީން 05 އިންސައްތަ
  • ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާން 05 އިންސައްތަ
  • ވަޒީފާއާއިގުޅޭ މަސައްކަތު ތަޖްރިބާ 10 އިންސައްތަ
  • މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެސެންޓޭޝަން/ޕްރެކްޓިކަލްސް) 45 އިންސައްތަ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިންފެލިދެއަތޮޅު ފެލިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭއިންޓަވިއު އޮންނާނީ 10 ނޮވެމްބަރ 2019 އާއި 17 ނޮވެމްބަރ 2019 އާދެމެދުގައި ފެލިދެއަތޮޅު ފެލިދޫކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

     

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6700720 ފޯނު ނަންބަރާއެވެ. ފެކްސް ކުރާނެ ނަންބަރަކީ  6700720 އެވެ. އީމެއިލްކުރާނީ [email protected] އަށެވެ.

23 ޞަފަރު 1440

22 އޮކްޓޫބަރ 2019

22 އޮކްޓޫބަރު 2019