ދިވެހިރާއްޖެ
މަޤާމް: ފިޝަރީޒް އޮފިސަރ
ބޭނުންވާ ޢަދަދު: 1
ގިންތި: ވަގުތީ (ވޭޖް އެމްޕްލޮއިމަންޓް)
މުއްދަތު: 03 މަސް
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ފިޝަރީޒް މެނޭޖްމަންޓް ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ/ މާލެ
މުސާރ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
މަޤާމުގެ ޝަރުތު
1- މެރިން ސައިންސް، މެރިން ބަޔޮލޮޖީ ނުވަތަ މެރިން ކޮންޒަވޭޝަން މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައި، ހިންގާ ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒުކުރުން.
- ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙްލީލްކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތް ކުރުން.
- މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވައި ހިންގާ ޕްރޮގްރާމްތަށް ދިވެހިރާއްޖޭގައި ތަންފީޒުކުރުން.
- ދިވެހިރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓްތަށް ތައްޔާރުކުރުން.
- މަސްވެރިކަމުގެ މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސަރވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަންގެ އެހެން މުވައްޒަފެއްގެ ވަޒީފާބަޔާނުގައި ހިމެނޭ މަސައްކަތްތަކުން ސެކްޝަންގެ ވެރިޔަކު ވަގުތީ ގޮތުން ޙަވާލުކުރާ މަސައްކަތް ކުރުމާއި، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ކުރަން ޙަވާލުކުރާ މަސައްކަތްކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންޓަރވިއު
- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު
މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު
މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ވަޒީފާއަށް އެދި ހުށައަޅާ ސިޓީ.
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
5- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339291/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
23 ޞަފަރު 1441