ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް ފިޝަރީޒް އޮފިސަރ
ބޭނުންވާ ޢަދަދު: 02
މަޤާމުގެ ގިންތި: ވަގުތީ (ވޭޖް އެމްޕްލޮއިމްންޓް)
މުއްދަތު: 03 މަސް
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް
ވަޒީފާ އަދާކުރަންޖެހޭތަން: މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް/ މާލެ
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
މަޤާމުގެ ޝަރުތު
- މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ފަރުމަސްވެރިކަމާއި ފާނަމަސްވެރިކަމާއި މިޔަރާއި ބެހޭ މަޢުލޫމާތު ނެގުން. މިކަމަށްޓަކައި މަސްދަތުރުތަކުގައި ބައިވެރިވެ، މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުން.
- ފަރުމަހާއި ފާނައިގެ ލޭންޑިންގް ސައިޓުތަކުން މަހުގެ މަޢުލޫމާތު ނެގުން. ފާނަ ކޮށިތަކަށް ޒިޔާރަތްކޮށް ފާނައިގެ މަޢުލޫމާތު ނެގުން.
- މިޔަރުގެ އާބާދީގެ ހާލަތު ބެލުމުގެ ފީލްޑް ސާރވޭ ކުރުން.
- ފީލްޑަށް ދާންޖެހޭ ދަތުރުތައް ރާވާ، ދަތުރުތަކަށް ކުރަންޖެހޭ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން.
- ފީލްޑްގައި މަސައްކަތް ކުރުމަށްފަހު، ފީލްޑް ރިޕޯޓް ތައްޔާރުކޮށް، އެއްކުރެވުނު މަޢުލޫމާތު ސިސްޓަމަށް އަޅާ އެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް (ޑޭޓާ އެންޓްރީ އަދި ޑޭޓާ ކްލީން ކުރުމުގެ މަސައްކަތް) ކުރުން.
- މެރިން ރިސާރޗް ސެންޓަރުން ކުރާ އެހެނިހެން މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު
- ކަނޑުމަތީގައި ގިނަވަގުތު މަސައްކަތް ކުރެވޭނޭފަދަ ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން ހުންނަ މީހަކަށްވުން.
- މަސްވެރިންނާއިއެކު ކަނޑުމަތީގައި އުނދަގޫ، ދަތި މާހައުލުތަކުގައިވެސް މަސައްކަތް ކުރުމަށް އުޒުރުވެރިނުވާ މީހަކަށްވުން.
މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު
މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށައަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- 7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް ހުށައަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށައަޅާ ސިޓީއާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތަށް ހުށައަޅާފައިނުވާނަމަ ސިޓީ ބާތިލުކުރެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339291/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
23 ޞަފަރު 1441