ދިވެހިރާއްޖެ
މި ސްކޫލުގައި އަމިއްލަ ތަކެތީގައި 2 ޔުނިޓުގެ ފާހާނާ ބްލޮކެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކުރެވުނު ނަންބަރު (IUL)GS80/2019/20 ފުރަތަމަ އިޢުލާނާ ގުޅިގެން ދެ ފަރާތުން ބީލަމުގައި ރަޖިސްޓްރީވެފައިވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރ 23 އިން 2019 އޮކްޓޯބަރ 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މި މަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2019 އޮކްޓޯބަރ 28 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 12:45 ގައި އުލިގަމު ސްކޫލުގައެވެ.
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2019 ނޮވެމްބަރ 05 ވާ އަންގާރަ ދުވަހުގެ 12:45 ގައި އުލިގަމު ސްކޫލުގައެވެ.
މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ނަން ނޯޓުކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އުލިގަމު ސްކޫލް، ހއ. އުލިގަން
- ފޯން: 6500548
- އީމެއިލް: [email protected]