މަސައްކަތް
ނަންބަރު: (IUL)258/2019/50
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 06 ނޮވެންބަރު 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ޕޮލިސް ސްޓޭޝަން (ދޮންވެލި 2) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަން (ދޮންވެލި 2) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

                   ހދ.ހަނިމާދޫ ޕޮލިސް ސްޓޭޝަން (ދޮންވެލި 2) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 30 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ  ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައްފަދަ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާކަމުގައިވާނަމަ، ބަދަލުގައި މީހަކު ފޮނުވާކަން އެނގޭނެފަދަ ލިޔުމަކާއި، ބަދަލުގައިދާ ފަރާތުގެ އައިޑެންޓިޓީ ކާޑު ހުށަހަޅަންވާނެއެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 އޮކްޓޫބަރު 2019