ދިވެހިރާއްޖެ
ސައުންޑް ހަރުކޮށްދިނުން
ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލްގެ ކުލާސްތަކުގައި ސައުންޑް ހަރުކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެގެން ކުރެވުން އިޢުލާން ނަންބަރ: GS78/IULAAN/2019/34 އަށް ކަނޑައެޅިފައިވާ އަދަދަށް ބިޑްހުށައެޅުމަށް ހާޒިރުވެފައިނުވާތީ އެއިޢުލާން ބާތިލްކުރަމެވެ،
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރ 22 އިން 2019 އޮކްޓޯބަރ 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 31 ބުރާސްފަތި ދުވަހުގެ 11:00 ގައި ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލްގެ ލައިބްރަރީގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝެއިޚު އިބްރާހީމް ސްކޫލް
މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]