ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GAAH/GAAH/2019/13
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 04 ނޮވެންބަރު 2019 14:00
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޮޗަރ / ގއ.ކަނޑުހުުދޫ ސިއްޙީމަރުކަޒު

ގއ.އަތޮޅު ހޮސްޕިޓަލް

   ގއ ވިލިނގިލީ ، ދިވެހިރާއްޖެ

                                     ނަންބަރ: IUL)GAAH/GAAH/201/13)                       

އިޢުލާން                    

ގއ.ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ ވޮޗަރ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ވޮޗަރ

މަޤާމުގެ ނަންބަރު

 J-254438

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް އޮފިސަރ ގްރޭޑް 1 

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޔުނިޓް

މަޤާމު އޮތް އޮފީސް

ގއ. ކަނޑުހުޅުދޫ ސިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ކަނޑުހުޅުދޫ ސިއްޙީމަރުކަޒު

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

1200/- ރުފިޔާ

އެހެނހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ބެލެހެއްޓުން.
  • ކަމާނުބެހޭ މީހުން ބަލިމީހުންގެ ކައިރިއަށް ވަނުން ކޮންޓްރޯލް ކުރުން އަދި ބަލިމީހާއަށާއި ޑިއުޓީގައި އުޅުއްވާ އެހެން މުވައްޒަފުންނަށް ދަތިނުވާނޭ ގޮތަށް ތަނުގެ މާހައުލު ތަނަވަސް ކުރުމުގައި އެހީތެރިވުން.
  • މަރުކަޒުގެ ޚިދުމަތަށް އެދިގެން އަންނަ މީހުންނަށް ބޭނުންވާ ކަންކަމުގައި ޑިއުޓީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އެހީތެރިވެދިނުން.
  • އިމާރާތާއި ގޯއްޗަށް މީހަކު ފުށުން ދީފާނެ ގެއްލުމަކުން ރައްކާތެރިވުމަށް މަގު ފަހިކުރުން.
  • ޞިއްޙީމަރުކަޒުގެ ބޮކި ފަންކާފަދަ ތަކެއްޗަށް މައްސަލައެއް ޖެހިއްޖެނަމަ އެކަން ކަމާބެހޭ މުވައްޒަފަކަށް ހުށަހަޅައިގެން ޙައްލުކުރުން.
  • މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިނުވާގޮތަށް، އެހެން މުވައްޒަފުންގެ މަސައްކަތައް އެހީތެރިވުމަށް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެދިނުން.
  • ޞިއްޙީމަރުކަޒަށް އެމްބިއުލާންސްގައި ގެނެވޭ ބަލިމީހުން އެމްބިއުލާންސުން ބޭލުމާއި، އަދި މަރުކަޒުން އެމްބިއުލާންސްގައި ގެންދަންޖެހޭ މީހުން އެމްބިއުލާންސަށް އެރުވުމުގައި އެހީތެރިވުން
  • ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ޤަވާއިދާ ޚިލާފު ކަމެއް ހިނގާ ނަމަ އެކަމެއް ޙައްލުކުރުން، އަދި އަމިއްލައަށް ޙައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ރިސެޕްޝަނަށް އެންގުން.
  • ޞިއްޙީމަރުކަޒުގައި ގަސްއިންދުމާއި، އަދި މަރުކަޒުގެ ވާރޭފެންތާންގީތައް ދޮވެސާފްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ޞިއްޙީމަރުކަޒުގެ އާންމުޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ޒިޔާރަތްކުރާ މީހުންނާއި ޤަވާއިދުތަކާއި އެއްގޮތަށް ރިވެތިބަހުން މުއާމަލާތްކުރުން

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން އެގުން.

ނޯޓް:   ލިޔަންކިޔަން އެނގޭކަން ދެ ނެގަންނާނީ، ދަށްވެގެން ގްރޭ ޑް 5 ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ

ގުޅޭ ވަޒީފާގެ ދާއިރާތައް

ސެކިއުރިޓީ ސާރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ގއ.ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުނަނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅާނީ 04 ނޮވެމްބަރ ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެ ސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 05 ނޮވެމްބަރ 2019  އާއި 15 ނޮވެމްބަރ 2019 އާއި ދެމެދު ގއ. ކަނޑުހުޅުުދޫ ސިއްޙީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅުއްވާނީ 6820115 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނީ    [email protected]އަށެވެ. 

 

21 އޮކްޓޯބަރ 2019 ހ.

22 ސަފަރު  1441 މ.

 

21 އޮކްޓޫބަރު 2019