މަސައްކަތް
ނަންބަރު: GS78/IULAAN/2019/38
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 27 އޮކްޓޫބަރު 2019 13:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ކަރަންޓް ވިއުގަ މަރާމާތު

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލްގެ ކަރަންޓް ވިއުގަ  މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެގެން ކުރެވުން އިޢުލާން ނަންބަރ: GS78/IULAAN/2019/33 އަށް ކަނޑައެޅިފައިވާ އަދަދަށް ބިޑްހުށައެޅުމަށް ހާޒިރުވެފައިނުވާތީ އެއިޢުލާން ބާތިލްކުރަމެވެ،

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރ 21 އިން 2019 އޮކްޓޯބަރ 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 31 ބުރާސްފަތި ދުވަހުގެ 10:00 ގައި ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލްގެ  ލައިބްރަރީގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝެއިޚު އިބްރާހީމް ސްކޫލް

މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.

ފޯން: 6500097

އީ-މެއިލް: [email protected]

21 އޮކްޓޫބަރު 2019