ދިވެހިރާއްޖެ
ޔުނީފޯމް ފަހާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް
އަންދާސީ ހިސާބު ބޭނުންވެއްޖެ
2020ވަނަ އަހަރު މި ސްކޫލުގައި މިހާރު ބޭނުންކުރަމުންދާ ޔުނީފޯމް، އާ ޔުނީފޯމަކަށް ބަދަލުކުރަން ބޭނުންވާތީ، ޔުނީފޯމް ފަހާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ
ވީމާ، މިކަމަށްޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން22 އޮކްޓޯބަރ 2019އިން 28 އޮކްޓޯބަރ 2019އަށް . ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 އޮކްޓޯބަރ 2019ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސުކޫލުގައެވެ.
ބީލަން ހުޅުވުން އޮންނާނީ 5 ނޮވެމްބަރ .2019 ވާ އަންގާރަ ދުވަހުގެ 11:00ގައި މިސުކޫލުގައެވެ
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6540542
އީ-މެއިލް: [email protected]