ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/NB/2019/ 08
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:35
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
Ranitidine Tablet ގެ ދައުރު ވަމުންދާ އެލާރޓް އާއި ގުޅޭ

ނޫސް ބަޔާން

 

Ranitidine Tablet  ގެ ދައުރު ވަމުންދާ އެލާރޓް އާއި ގުޅޭ

 

            ވައިގެ ބޭހެއްކަމަށްވާ Ranitidine Tablet  ގެ ބައެއް ބާވަތް ތަކުގައި ކެންސަރަށް މަގުފަހިވާ ކަމަށް ލަފާ ކުރެވޭ މާއްދާއެއް ކަމަށްވާ  N-nitrosodimethylamine(NDMA) ހިމެނޭ ކަމަށް އެމެރިކާ ގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހާމަ ކޮށްފައިވެއެވެ. މިކަމާއިގުޅިގެން ބައިނަލްލަގުވާމީ ބޭހާއި ގުޅުންހުރި އިދާރާ ތަކުން ނިންމާ ނިންމުންތައް މިއޮތޯރިޓީއިން މިގެންދަނީ ގާތުންބަލަމުންނެވެ. އަދި މިހާތަނަށް އެއްވެސް ގައުމެއްގައި މިބޭސް ބޭނުން ކުރުން މަނާކޮށްފައިވާ ނުވާކަން ފާހަގަކުރަމެވެ.

 

            ރާއްޖޭގައި Ranitidine ލިބެން ހުންނަނީ ޑޮކްޓަރު ލިޔެދޭ ބޭހެއްގެ ގޮތުގައެވެ. އެހެންކަމުން، ބޭނުންކުރާ ފަރާތްތަކުން ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ގެ ދަށުން ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.  

 

           މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންނަމަ  މިއޮތޯރިޓީގެ 7200321 އަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށް ދެންނެވީމެވެ.

21 އޮކްޓޫބަރު 2019