ދިވެހިރާއްޖެ
އިއުލާން
މި ކޯޕަރޭޝަންގެ އިއުލާން ނަންބަރ IUL)-BCC/2019/33) އަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ޑިއުޓީ ފްރީ ފިހާރައިގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަގާމް: ސީނިއަރ ސޭލްސް އެސޯސިއޭޓް
ބޭނުންވާ އަދަދު: 1
1. ވަޒީފާގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް މަރުހަބާ ކިޔުމާއި އެމީހުންގެ ސުވާލުތަކަށް ޖަވާބުދިނުން
- ޕީއޯއެސް ސިސްޓަމް މެދުވެރިކޮށް ސޭލްސް ބަރާބަރަށް ރެކޯޑު ކުރުން
- ޑެއިލީ ކޭޝް / ކާޑް ރިކޮންސިލިއޭޝަން ހެދުން
- ކޮންމެ ދުވަހެއްގެ ސޭލްސް ރިޕޯޓްތައް ހެޑްއޮފީހަށް ޤަވާއިދުން ފޮނުވުން
- ގެންނަ މުދަލުގެ އިންވެންޓްރީ / ސްޓޮކް ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުން، ޝެލްފް ތަކުގައި މުދާ ބެހެއްޓުން އަދި ހުސްވާ މުދަލުގެ ސްޓޭޓަސް ހެޑް އޮފީހަށް ޤަވާއިދުން ފޮނުވުން
- ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއިއެކު ގަޑިއަށް ފިހާރަ ހުޅުވުމާއި ލެއްޕުން
2. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ
މަތީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން އައި.ޖީ.ސީ.އެސް.އީ' އިމްތިޙާނުގައި 'އިނގިރޭސި' އަދި 'ހިސާބު' މި ދެމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
3. މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް
- ދިވެހި އަދި އިނގިރޭސިބަހުން މީހުންނާ ރީތިކޮށް މުޢާމަލާތް ކުރުމާއި އެކު ރަޙްމަތްތެރިކަމުގެ ސިފަ ހުރުން
4. މުސާރަ އަދި އެހެނިހެން އިނާޔަތްތައް
- 11,000 ރުފިޔާ
5. މަސައްކަތްކުރަން ޖެހޭ ވަގުތު
- ޝިޕްޓް ޑިއުޓީ (ހެނދުނު 6 އިން މެންދުރު 3 އަށް، މެންދުރު 3 އިން ރޭގަނޑު 12 އަށް)
6. މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އެދި ސިޓީ ހުށަޅާނީ:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ
ފޯނު: 3305555 (960)+
އީމެއިލް: [email protected]