މަސައްކަތް
ނަންބަރު: (IUL) 372-A1/372/2019/41
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 26 އޮކްޓޫބަރު 2019 13:30
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
200 މަގުބައްތި އަމިއްލަތަކެތީގައި ހަރުކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 200 މަގުބައްތި ހަރުކޮށްދޭނޭ ފަރާތެއް ހޯދުން

 

ފ.މަގޫދޫގެ މަގުތަކުގައި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 200 މަގުބައްތި ޖެހުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ:-  (IUL)372-B2/372/2019/37 (15 ސެޕްޓެމްބަރު 2019) އިޢުލާން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ބަލަކާއި ގުޅިގެންނާއި ލިބިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ ބާތިލުކުރީމެވެ.

ވީމާ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި 200 މަގުބައްތި ޖެހުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުސަތު ހުޅުވާލަމެވެ. އަދި މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

އަންދާސީ ހިސާބު ހުށައަޅާއިރު އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމާއި، ޖީ.އެއް.ޓީ ރެޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ހުށައަޅަން ވާނެއެވެ.                        

ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 8:30 އިން 13:00 އަށް ފ. މަގޫދޫ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ -/500 ދިވެހި ރުފިޔާއެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

ފ. މަގޫދޫ ކައުންސިލްގެ މީޓިން ރޫމް

13:30

ބުދަ

23 އޮކްޓޫބަރ 2019

މަޢުލޫމާތު ދިނުން

13:30

އާދިއްތަ

26 އޮކްޓޫބަރ 2019

ބީލަން ހުށަހެޅުން

އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމެނިފައިހުންނަންވާނެވެ.

ހ. "އަމިއްލަ ތަކެތީގައި 200 މަގުބައްތި ޖަހައިދިނުން"

ށ. އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ

ނ. އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު

ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

         އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 އޮކްޓޫބަރު 2019