ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2019/235
އިޢުލާން
ރ.މީދޫ އިންޖީނުގޭގެ ވޯކް ޝޮޕް، ސްޓޯރ ރޫމް އަދި ޑެގްރޫމް ބޮޑުކުރުމުގެ މަސައްކަތް ކުރުމުގެ މަޝްރޫޢުއާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް ރ.މީދޫ އިންޖީނުގޭގެ ވޯކް ޝޮޕް، ސްޓޯރ ރޫމް އަދި ޑެގްރޫމް ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއި އެއްގޮތައް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ދުވަސް |
ވަގުތު |
މަޢުލޫމާތު ދިނުން |
24 އޮކްޓޯބަރ 2019 |
13:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
07 ނޮވެމްބަރ 2019 |
13:00 މެންދުރު |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
21 ޞަފަރު 1441
20 އޮކްޓޯބަރ 2019