ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-B/330/2019/41
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 24 އޮކްޓޫބަރު 2019 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ޑަމްޕް ޓްރަކެއް ގަންނަން ބޭނުންވެއްޖެ

މިއިދާރާއަށް ޑަޕްމް ޓްރަކެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަމްބަރ (IUL)330-B/330/2019/38 (18 ސެޕްޓެމްބަރ 2019) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، މިއިދާރާއަށް 2 ޓަނުގެ ޑަމްޕް ޓްރަކެއް ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލައިފީމެވެ.

 

ވީމާ، މިއިދާރާއަށް 2 ޓަނުގެ ޑަމްޕް ޓްރަކެއް ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން، 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓްރަކް ވިއްކެވުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އެސްޓިމޭޓް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

21 ޞަފަރު 1441

20 އޮކްޓޫބަރު 2019