ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފްމޯލްޑިވްސް
މާލެ، ދިވެހިރާއްޖެ.
ނަންބަރު:FAM/IUL/2019/0031
އިއުލާން
ފުޓްބޯޅަ ބޭސިކް ރެފްރީ ކޯސް
17 އޮކްޓޯބަރ 2019 އިން 26 އޮކްޓޯބަރ 2019 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓްބޯޅަ ބޭސިކް ރެފްރީ ކޯސް، 1 ނޮވެމްބަރ އިން 10 ނޮވެމްބަރ 2019 ގެ ނިޔަލަށް ބޭއްވުމަށް މިހާރު ވަނީ ފަސްކުރެވިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ އަންހެން / ފިރިހެން ފަރާތްތަކުން، ތިރީގައި އެވާ ލިންކްއިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް އޮންލައިންކޮށް 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ ކުރިން ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް http://bit.ly/2muqkaD މި ލިންކް އިން އޮންލައިންކޮށް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.
ޝަރުތުތަށް:
1- އިނގިރޭސި ބަހުން ރަގަޅަށް ވާހަކަ ދައްކަން އިގުމާއި ލިޔަން އިގުން.
2- މި ކޯހުގައި ބައިވެރިވުމުގެ އުމުރު ފުރާއަކީ 16 އަހަރާ 25 އަހަރާއި ދެމެދު.
3- ޕޮލިސް ރިޕޯރޓް.
4- ގްރޭޑް ހަތަކުން (7) ފާސްވެފައި ވުން.
- މި ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން، ކޯހަށް ހޮވޭ ފަރާތްތަކުން 1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
20 އޮކްޓޯބަރ 2019