ދެންނެވުން
ނަންބަރު: GS-171/IUL/2019/28
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 13 ނޮވެންބަރު 2019 12:00
ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
2020ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ބެހޭ

 ހުޅުދެލީސްކޫލް

ދ. ހުޅުދެލި

ދިވެހިރާއްޖެ                                       ނަންބަރު: GS-171/IUL/2019/28

އިޢުލާން

2020ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ބެހޭ

          

2020 ވަނަ އަހަރު އަލަށް އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 13 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަން އެދޭ ފޯމާއި އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 2019 އޮކްޓޯބަރު 23 ވާ ބުދަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު 12.00 އަށް މިސްކޫލުގެ އޮފީހުން ދޫކުރަމުން ދާނެއެވެ.         

 ޕްރީސްކޫލް މަރުޙަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

 

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ (2020 ޖެނުއަރީ 1 ގެ ނިޔަލަށް)

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ (2020 ޖެނުއަރީ 1 ގެ ނިޔަލަށް)

         

            އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ސްކުލަށް ވައްދަން އެދޭ އަހަރުގެ މާރޗްމަހުގެ 31 ގެ ނިޔަލަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.

20 އޮކްޓޫބަރު 2019