ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު
މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އާއި ޤައުމީ ކުތުބުޚާނާ ގުޅިގެން ލައިބްރަރީތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީނުދެވޭ ދާއިރާ: |
ކޯހާ އިންޓަރގްރޭޓެޑް ލައިބްރަރީ ސިސްޓަމް (އައި.އެލް.އެސް) (ކޯހާ އަކީ ލައިބްރަރީގައި އޮންލައިން ކެޓަލޮގް ޤާއިމްކުރުމާއި ލައިބްރަރީއިން ތަކެތި ދޫކޮށް، ބަލައިގަތުމަށް ބޭނުންކުރެވޭ ސްޓޭންޑަރޑް އޯޕަންސޯސް ސޮފްޓްވެއަރއެކެވެ.) |
އަމާޒުކުރެވިފައިވާ ފަރާތްތައް: |
ލައިބްރަރީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް (ޚާއްސަކޮށް ލައިބްރަރީ ހިންގުމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް) މީގެ އިތުރުން މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް |
ތަން: |
ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް |
މުއްދަތު: |
2019 ނޮވެމްބަރު 10 ން 12 ށް |
ވަގުތު: |
ހެނދުނު 08:30 އިން 16:00 |
ފީ: |
-/350 ރުފިޔާ |
ޖާގަ: |
30 |
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 އޮކްޓޫބަރ 31 ގެ 14:00 ކުރިން އެސޯސިއޭޝަންގެ ބްލޮގްގައިވާ އޮންލައިން ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އޮންލައިން ރެޖިސްޓްރޭޝަން ހެއްދަވާނީ https://infomalias.wordpress.com/2019/10/17/mla-training-on-koha-ils މި ލިންކް ބޭނުންކުރައްވައިގެނެވެ. މި ތަމްރީނު ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ޓްރެއިނިންގް އޮފިސަރ އާމިނަތު ހަސްމާ (7917922) ނުވަތަ ސެކެޓްރީ ޙައްވާ ނަބާހާ ޢާމިރު (9565255) އަށެވެ.
18 ޞަފަރު 1441