ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2019/54)
އިޢުލާން
މިއޮފީހުގެ އައްޑޫ ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2019 އޮކްޓޫބަރު 23 ވާ ބުދަ ދުވަހުގެ 10:30 އަށް މިއޮފީހުގެ އައްޑޫ ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޮކްޓޫބަރު 31 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު، މިއޮފީހުގެ އައްޑޫ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ އައްޑޫ ގޮފީގެ ނަންބަރު: 6888745 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
18 ޞަފަރު 1441