ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކޮންސަލްޓާންސީ ސަރވިސަސް ފޮރ ކޮންޑަކްޓިންގ ޑީޓެއިލްޑް އިންވެސްޓިގޭޝަން އެންޑް ޑިޒައިން ޑިވެލޮޕްމަންޓް ފޮރ ކޯސްޓަލް ޕްރޮޓެކްޝަން އެޓް ސ.މީދޫ އެންޑް ސ.ހިތަދޫ، މޯލްޑިވްސް
1. ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންސަލްޓަންސީ ސަރވިސަސް ފޮރ ކޮންޑަކްޓިންގ ޑީޓެއިލްޑް އިންވެސްޓިގޭޝަން އެންޑް ޑިޒައިން ޑިވެލޮޕްމަންޓް ފޮރ ކޯސްޓަލް ޕްރޮޓެކްޝަން އެޓް ސ.މީދޫ އެންޑް ސ.ހިތަދޫ، މޯލްޑިވްސް ޕްރޮޖެކްޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2. މި މަސައްކަތްތަކުގެ ތެރޭގައި ސ.މީދޫ އަދި ސ.ހިތަދޫގައި ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްކުރުމަށް ބޭނުންވާ މިހާރުގެ އެންވަޔަރަމަންޓްގެ ލިޓަރޭޗަރ ރިވިއު، އެންވަޔަރަމަންޓަލް، ބެތިމެޓްރިކަލް އަދި ހައިޑްރޮލޮޖިކަލް ސަރވޭ، މަސައްކަތާ ގުޅޭ ޑޭޓާ ނެގުން، ފީސިބިލިޓީ ސްޓަޑީ ހެދުން، ކޮންސެޕްޓް އިންޖިނިއަރިންގ ޑިޒައިން، ޑިޒައިން ރިޕޯޓް، ކުރެހުން ސެޓް، ބިލް އޮފް ކުއަންޓިޓީޒް، ސްޕެސިފިކޭޝަން އާއި އީ.އައި.އޭ.، މިމަސައްކަތްތައް މި ދެ ރަށުގައި ކުރުން ހިމެނެއެވެ.
3. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި 17 އޮކްޓޯބަރ 2019 ވަނަ ދުވަހުން ފެށިގެން ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
4. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތުގެ އީ.އޯ.އައި. އިވެލުއޭޓްކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެއެވެ.
- ކޮންސަލްޓަންސީ ކުންފުނިން މަސައްކަތްކުރަމުން އައިސްފައިވާ މުއްދަތު
- ކޮންސަލްޓަންސީ ޓީމްގެ އެވެއިލަބިލިޓީ
- ރިސޯސް އެވެއިލަބިލިޓީ
- ކޮންސަލްޓަންސީ ކުންފުނީގެ ތަޖުރިބާ (މަސައްކަތާއި ގުޅޭ ދާއިރާ) އަކުން
ޓީމް މެމްބަރުންގެ ކޮލިފިކޭޝަން އީ.އޯ.އައި. ޝޯޓްލިސްޓިންގ ސްޓޭޖްގައި ނުބެލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
5. މި މަސައްކަތަށް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.
6. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް 17 އޮކްޓޯބަރ 2019 އިން 24 އޮކްޓޯބަރ 2019 އަށް 8:30 އާއި 14:00 އާއި ދެމެދު ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
7. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހު 12:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފާތިމަތު ޝާނާ ފާރޫޤް
ޑިރެކްޓަރ ޖެނެރަލް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗރ
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން:4004700, 4004880
އީމެއިލް އެޑްރެސް: [email protected]