ވަޒީފާގެ ފުރުޞަތު
ނަންބަރު: GS62/I/2019/33
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 27 އޮކްޓޫބަރު 2019 12:00
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް

                                               ނަންބަރރGS62/I/2019/33:

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-267234

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

މަޤާމް އޮތް އޮފީސް:

މަރަދޫ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަރަދޫ ސްކޫލް / ސ.މަރަދޫ

މުސާރަ:

-/4465

ސަރވިސް އެލެވަންސް:

-/1500

ސަޕޯޓިންގ ކޯއެލަވަންސް:

-/700

އިތުރު ޢިނާޔަތްތައް:

1.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ގުޅޭ ވަޒީފާގެ ދާއިރާތައް:

-          އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ސަރުކާރުގެ ފައިސާއާއިބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެންމެހައި ބިލްތަކަށް ފައިސާ ދައްކައި ރިކޯޑް ބެލެހެއްޓުން.

-          މަންތްލީ ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީހް ތަކުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

-          ސަރުކާރުގެ ފައިސާއާއިބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެންމެހައި ބިލްތަކަށް ފައިސާ ދައްކައި ރިކޯޑް ބެލެހެއްޓުން.

-          ސްކޫލްގެ ތަޅުދަނޑިތައް ބެލެހެއްޓުން.

-          ބިލް އެންޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.

-          ޗެކް ރަޖިސްޓަރީ އަދި ވައުޗަރ ރެޖިސްޓަރީ ބެލެހެއްޓުން.

-          ބަޖެޓް ކޯޑްސްތަކާއި އައިޓަމްސްތަކުގެ ބާކީ އިނގޭނޭހެން ދުވަހުން ދުވަހައް ރިޕޯޓެއް ތައްޔާރުކޮށް ސްކޫލް މެނޭޖްމަންޓަށް އެކިއެކި ޚަރަދުތައް ކުރުމުގައި އެހީތެރިކަންދެއްވުން.

-          މިނިސްޓްރީއިން ހުއްދަ ހޯދައިގެން ކުރާ ހަރަދުތަކަށް ފައިސާ ހޯދުމާއި ބެލެހެއްޓުން.

-          ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ދިނުމަށްޓަކައި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކޮށް އޮފީސް އެސިސްޓެންޓް އަތަށް ދީ ރައްކާތެރިކަމާއިއެކު ފޮނުވުން.

-          އާމްދަނީ ފައިސާ ބަލައިގަތުމާއި ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާކޮށް ބެލެހެއްޓުން.

-          ފޯނުންދެވޭ މެސެޖްތައް އެ ރައްދުކުރައްވަން ޖެހޭ ފަރާތަކަށް ރައްދުކުރެއްވުން.

-          އޮފީސް ހުޅުވާ ލެއްޕުމުގައި ތަވާލުކުރެވިފައިވާ އުސޫލުތަކާއި އެއްގޮތަށްވާ ގޮތުގެމަތީން ޒިންމާދާރުކަމާއިއެކު އެކަން އަދާކުރެއްވުން.

-          ޗުއްޓީނަގާ އޮފިސަރުންގެ މަސައްކަތަކާއި ހަމަޖެހިފައިވާ އުސޫލެއްގެމަތީން ހަވާލުވުން.

-          މުވައްޒަފުންނާއި ޓީޗަރުންގެ ޙާޟިރީ ރެކޯޑް ބެލެހެއްޓުމާއި ޤަވާއިދުން ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން.

-          ތިޖޫރީ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

-          ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

·         ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

·         މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

·         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

·         ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.       ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ  ކޮޕީ.

7.      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓުފިކެޓްގެ ކޮޕީ.

8.      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ 2019 ވާ އާދީއްތަދުވަހުގެ 12:00 ގެ ކުރިން، މަރަދޫ ސްކޫލް އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ.ފެކްސް ނަންބަރަކީ، 6890513 އެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

·   މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ އިއުލާނުގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައި މަރަދޫ ސްކޫލްގައެވެ.  

·    މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިންޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާހަމަޖައްސައިދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

·   މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

45

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުނމަރަދޫ ސްކޫލްގެގެ ނަންބަރ 6890941 ފޯނަށް ގުޅުއްވުން އެދެމެވެ. 

16 އޮކްޓޫބަރު 2019