ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2019-28
އިޢުލާން
މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2019 ވަނަ އަހަރު ޓާރމް 2 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.
# |
Module Name |
Level |
No. of Part-Time Lecturers Needed |
Course Name |
1 |
Prepare Meat, Poultry and Seafood |
91 |
1 |
Certificate III in Culinary Arts |
ޝަރުތު:
- ސެޓްފިކެޓް ލެވެލް 3 ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެކަމަށް ދަންނަވަމެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ދިވެހިރުފިޔާ
- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ދިވެހިރުފިޔާ
- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ދިވެހިރުފިޔާ
- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ދިވެހިރުފިޔާ
- މީގެ އިތުރުން މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަންސިޓީ ނުވަތަ އީ-މެއިލް އާއިއެކުހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސް ޕޯޓުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ފެކަލްޓީއިން ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345262 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މިކަމަށް އެދިލައްވާ ފަރާތްތަކުން 19 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 22:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.