ޢާންމު މަޢުލޫމާތު
ނަންބަރު: IUL/393/2019/51
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 17 އޮކްޓޫބަރު 2019 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކަށް އަރާ ރުއްތަކުގެ ވެރިން ހޯދުމާ ގުޅޭ

އިޢުލާން                                

މަގުތަކަށް އަރާ ރުއްތަކުގެ ވެރިން ހޯދުމާ ގުޅޭ

 

      މިދަންނަވާ މަގުތަކަށް އަރާ (މޫންލައިޓް މަގު، ބުންބެރު މަގު، ކާނިގަސް މަގު، ނިކަގަސް މަގު، މުޙައްމަދު ޞާލިޙު ހިންގުން، ހަންޑިދުން މަގު، ރަންގުދު ކޮޅު މަގު) ރުއްތަކުގައި ވާނީ ގުރައި ފެހިކުލައިގެ ދަވާދުން 01 އިން 73 އަށް ނަމްބަރ ޖެހިފައެވެ. މި ނަމްބަރުތައް ޖަހާ ފައިވާ ރުއްތަކުގެ ވެރިން ރުކުގެ ނަމްބަރު އެނގޭގޮތަށް 17 އޮކްޓޫބަރ 2019 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް  ސިޓީ ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ރުކުގެވެރިން ނެތް ރުއްތަކަކީ ރައްޔިތުންގެ ރުއްތަކެއްގެ ގޮތުގައި ބަލައި އެރުއްތައްވެސް ނީލަން ކިޔޭނެ ވާހަކަ ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          08 ޞަފަރު   1441

           07 އޮކްޓޯބަރ 2019

07 އޮކްޓޫބަރު 2019