މަސައްކަތް
ނަންބަރު: (IUL)438/1/2019/43
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 31 އޮކްޓޫބަރު 2019 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގައި ރެސްޓޯރަންޓެއް ހިންގާނެ ފަރާތެއް ހޯދުން (ތިންވަނަ އިއުލާން)

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގާ އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގައި (އައްޑޫ ސިޓީ، ހިތަދޫ، އީދިގަލި މަގު) ރެސްޓޯރަންޓެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު: (IUL)438/1/2019/17 (03 އޭޕްރިލް 2019) ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިއުލާނު ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓުން ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެލައްވާނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން،[email protected] ނުވަތަ [email protected]  އީ-މެއިލް އެޑްރެހަށެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައްޑޫ ނޭޗަރ ޕާރކުގައި މި ކަމަށް އެދި ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމުގެ މުއްދަތު

ބީލަމުގެ މުއްދަތަކީ ބީލަން ހުށަހަޅާ ތާރީޚުންފެށިގެން 03 މަސްދުވަސް ކަމުގައި ވާންވާނެއެވެ.

ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގައި ރެސްޓޯރަންޓެއް ހިންގާނެ ފަރާތެއް ހޯދުން(ތިންވަނަ އިއުލާން).

އިޢުލާނު ނަންބަރު: (IUL)438/1/2019/43

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބީލަން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

10 އޮކްޓޫބަރު 2019