މަޤާމް :
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ
|
މަޤާމުގެ ނަންބަރ :
|
J-272190
|
ބޭނުންވާ ޢަދަދު :
|
1 ( އެކެއް )
|
މަޤާމުގެ ގިންތި :
|
ދާއިމީ
|
މަޤާމުގެ ރޭންކު :
|
އެމް.އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން :
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަންޖެހޭ ތަން :
|
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
|
މުސާރަ :
|
5،610.00 ރުފިޔާ ( ފަސްހާސް ހަސަތޭކަ ދިހަރުފިޔާ )
|
ސަރވިސް އެލަވަންސް :
|
2،000.00 ރުފިޔާ ( ދެހާސް ރުފިޔާ )
|
އެހެނިހެން އެލަވަންސް :
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 700.00 ރުފިޔާ ( ހަތްސަތޭކަ ރުފިޔާ ) މަހަކު
|
މަޤާމުގެ މައިގަނޑު މައްސޫލިއްޔަތުތަކާއި ވާޖިބުތައް
|
- ކައުންސިލްގެ އިދާރާއަށް އާމްދަނީ އިތުރުކުރުމަށްޓަކައި ، ލިބިފައިވާ ވަޞީލަތްތައް އެންމެ ފައިދާކުރާގޮތަށް މެނޭޖްކުރުމާއެކު ކައުންސިލަށް އާމްދަނީ އިތުރުކުރެވޭފަދަ މަސައްކަތްތައް ކައުންސިލްގެމަޝްވަރާގެމަތިން ރާވާހިންގުން
- ކައުންސިލުން ނިއްމާގޮތުގެ މަތީން ، ވިޔަފާރި އުސޫލުން ދޫކުރާ ބިންތަށް ޕްލޭންގައި ހިމެނުމާއި ، އެ އަހަރު ދޫކުރުމަށް ކައުންސިލުން ނިއްމާފައިވާ ބިންތަކުގެ ބަޖެޓް ހަދައި މިނިސްޓްރީ އޮފް ހައުސިންގް އަށް ފޮނުވުމާއި ، މިނިސްޓްރީން ހުއްދަ ދޭ ބިންތައް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ، ދޫކުރުމަށް ނިއްމާ ބިންތައް ކައުންސިލްގެ މަޝްވަރާގެ މަތީން އެގްރީމެންޓް ތައްޔާރުކޮށް ސޮއިކޮށް ބިންތައް ދޫކުރުމާއި ، ދޫކުރެވޭ ބިންތަކުގައި ކުރެވެނީ އެގްރީމެންޓް އިން ހުއްދަކޮއްފައިވާ މަސައްކަތްތައް ކަން ޔަގީންކުރުމަށް ކޮންމެ މަހަކު ޗެކްކުރުމާއި ، މި މަސައްކަތްތަކުގައި ފުރިހަމައަށް ޒިންމާވުން
- މަސްވެރިކަންކުރާ އުނޅަދުފަހަރުތަކާއި، ވިޔަފާރި ފިހާރަތަކާއި، ހޮޓ،ކެފޭ ރެސްޓޯރެންޓްތަކާ ހަދަންޖެހޭ އެއްމެހައި ރަޖިސްޓްރީތަކާއި، ލައސަންސްތައް އަދި ހުއްދަތައް ހެދުމާއި، އުވާލަންޖެހޭ މިފަދަ ތަކެތީގެ އެންމެހާ މަސައްކަތްތައް ކުރުމާއެކު ތަފާސް ހިސާބުތައް ބެލެހެއްޓުން.
- ކައުންސިލް އިދާރާއަށް ލިބިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ބަލާ ދެނެގަނެ ، ބިޒްނަސްޕްލޭން ކޮއްމެ އަހަރަކުވެސް އެކުލަވާލުމާއި، ކައުންސިލްގެ ބަޖެޓް ހެދުމުގެ ކުރިން މަސައްކަތްތައް ކޮށް ނިއްމާ ކައުންސިލްގެ ބަޖެޓް ހަދާ މުވައްޒަފަށް ކަމާއި ބެހޭ ލިޔުންތައް ހަވާލުކުރުން މިކަމުގައި ފުރިހަމައަށް ޒިންމާވުން
- ކައުންސިލް އިދާރާއަށް ލިބޭ އާމްދަނީ އާއި ، ނުލިބިހުންނަ އާމްދަނީ ބަލާ ހިސާބުކޮށް ލިބެންޖެހޭ އާމްދަނީ ހޯދުމަށް ޙަރަކާތްތައް ރާވާއި، ހިންގުމާއިއެކު ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރުމާއެކު ފައިސާލިބެންދެން ފައިސާހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން.
- ބިދޭސީންގެ ދަފުތަރު އަޕްޑޭޓްކޮށް ބަލަހައްޓައި، ބިދޭސީންނާއި ގުޅުންހުރި އެއްމެހާ މަސައްކަތްކުރުން.
- ކައުންސިލްގެ އިދާރާއަށް އާމްދަނީ އިތުރުކުރުމަށްޓަކައި، ބޭނުންވާ ވަޞީލަތްތައް ހޯދުމަށް ކައުންސިލް އިން ނިއްމާފައިވާ ނިއްމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކައުންސިލުން ނިއްމާގޮތަށް އެކަން ކަންރާވާހިންގުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން
- ކައުންސިލުން ހިންގާ ލޯނު ޕްރޮގުރާމާއި އަދި ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި، އުޞޫލުތައް ކައުންސިލްގެ މަސްވަރާގެދަށުން ހެދުމާއި، އެ އުސޫލްކާ އެއްގޮތަށް ޕްރޮގުރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް، ބޭނުންވާ ކަންކަން ތަރައްޤީޕްލޭން ތަކުގައާއި، އަހަރީ މަސައްކަތުތާވަލުގައި ހިމެނުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ، ކަމާބެހޭ މުވައްޒަފުންނަށް ވަގުތު ފާއިތުވުމުގެ ކުރިން ފޯރުކޮށްދިނުން މިކަމުގައި ފުރިހަމައަށް ޒިއްމާވުން.
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމާބެހޭ ގޮތުން ޢާއްމުން ހޭލުންތެރި ކުރުވުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާލީގޮތުންހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ފޯރުކަށްދިނުން.
- އިދާރާއިން ކުރިއަށް ގެންދާ ޚައްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
|
މަގާމުގެ ޝަރުޠުތައް :
|
ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް :
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާދުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިންބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ދޫކަށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވުސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކަށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕި.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒޭފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބިޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކޮންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ( % 40 )
- އިމްތިޙާން ( ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ( % 5 )
- ލިބިފައވާ މަސައްކަތު ތަޖުރިބާ (% 15 )
- ލިބިފައިވާ ހުނަރު ( އިންޓަރވިއު އަދި ޕްރެކްޓިކަލްސް ) ( % 40 )
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޫބަރ 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ.
|
އިންޓަވިއު އޮންނާނެތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 އޮކްޓޫބަރ 27 އާއި، 2019 އޮކްޓޫބަރ 31 އާ ދެމެދު މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720038 ފޯނަށެވެ. އީ.މެއިލް ކުރާނީ [email protected] އަށެވެ.
15 އޮކްޓޯބަރ 2019
|