މިހޮސްޕިޓަލްގެ ދަށުން ހިންގަމުންދާ ނ. މިލަދޫޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.
|
މަގާމު
|
އެޓެންޑެންޓް
|
މަޤާމްގެ ނަންބަރު:
|
J-235906
|
ބޭނުންވާ ޢަދަދު
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާރފް ގްރޭޑް -2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ނ.މިލަދޫ ސިއްޙީމަރުކަޒު
|
މުސާރަ:
|
-/3470 ރުފިޔާ
|
ސަރވިސްއެލަވަންސް
|
-/1000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200 ރުފިޔާ.
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް
|
- ޞިއްޙީމަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންތައްތައް ހާސިލް ކުރުމަށްޓަކައި އެމުއައްޒަފެއްގެ ދާއިރާއިން އިޙްލާސްތެރިކަމާ ހިތްވަރާއެކު މަސައްކަތް ކުރުން
- ޞިއްޙީމަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންނަށް އެހީވުން
- ބަލިމީހުންނަށް އެހީތެރިވެ ދިނުމަށް ނަރުހުން އެދިއްޖެނަމަ އެހީތެރިވުން
- ނަރުހުންނަށް އެހީތެރިވުން
- ޞިއްޙީމަރުކަޒުގެ އެތެރެ ( އޯ.ޕީ.ޑީ އޭރިއާ، ވޯޑް، ޑްރެސިން ރޫމް، ކޮންސަލްޓޭޝަން ރޫމް، ލޭބަރ ރޫމް، ފާހާނާތައް) ކޮންމެ ސިފްޓަކު އެއްފަހަރު ކުނިކަހާ މޮޕްލާ ސާފުކުރުމާއި، އެތަންތަނުގައިވާ ކުޑަދޮރުތަކާއި ބޮޑު ދޮރުތަކާއި ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ފޮހެ ސާފުކުރުން
- ކަބަޑުތަކާއި، ޓްރޯލީތަކާއި، ބަލިމީހުން ބާއްވާ އެނދުތަކާއި މޭޒާއި ގޮނޑި ފަދަ ތަކެތި ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ފޮހެ ސާފުކުރުން
- ކޮންމެ ހަފްތާއަކު އެއްފަހަރު ފަންކާތައް ފޮހެ ސާފުކުރުން
- ލޭބަރ ރޫމް، ޑްރެސިން ރޫމް އަދި ވޯޑްގައި އެއްވެސް ޕްރޮސީޖަރއެއް ހަދައިފިނަމަ އޭގެ ފަހުން އެތަންތަނާއި އެކަމަށް ބޭނުންކުރި އެންމެހާ އިކްއިޕްމަންޓްސް ދޮވެ ސާފުކުރުން
- ބަލިމީހުންބަލާ ކޮޓަރިއާއި ބޭސްއަޅާކޮޓަރީގެ ބެޑްޝީޓްބަދަލުކޮށް ސާފުކުރުން
- ބަލިމީހަކު ޑިސްޗާޖުކުރުމުން ބެޑްޝީޓް ނަގައި ، އެނދާއި ކަބަޑާއި އައި.ވީ ސްޓޭންޑް އަދި މިނޫންވެސް ބަލިމީހާއަށް ބޭނުން ކޮށްފައިވާ ތަކެތި ދޮވެ ސާފުކުރުން
- ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ބެޑްޝީޓް، ބާލީހުއުރަ، ގައުން، ތުވާލި ފަދަ އެންމެހާ ތަކެތި ކޮންމެ ދުވަހަކު ދޮވެ އިސްތިރިކުރުން
- ޞިއްޙީމަރުކަޒުގެ ދޮރުފޮތިތައް މަހަކު ދެފަހަރު ދޮވެ އިސްތިރި ކުރުން
- ލޯންޑްރީއާއި ލޯންޑްރީގައި ބޭނުންކުރާ އެންމެހާ ތަކެތި ސާފުކޮށް ބެލެހެއްޓުން. އަދި އެއްވެސް އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އެންގުން
- ދޮވެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި އިސްރާފް ނުކުރުމާއި ނަހަމަ ގޮތުގައި ބޭނުން ނުކުރުން
- ޞިއްޙީމަރުކަޒުގައި އުފެދޭ ކުނި ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ނައްތާލުން
- އޮޓޯކްލޭވް ކުރުމާއި ސްޓެރިލައިޒް ކުރުން
- ވާރޭވެހޭ ނަމަ އަހަވަށް ދޮރުތައް ލައްޕުން
- ޑިއުޓީގަޑިގައި ހަޑިވާ ތަންތަން އަވަހަށް ސާފުކުރުން
- ޞިއްޙީމަރުކަޒުން ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ސިއްޙީމަރުކަޒުން ބައިވެރިވާ އެކިއެކި އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން
|
މަޤާމުގެ ޝަރުތު
|
ލިޔަން ކިޔަން އެނގުން
ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގުރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
|
ގުޅޭ ވަޒީފާގެދާއިރާތައް
|
ކްލީނިންގ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭފޯމް (މިފޯމް ނ. މިލަދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
- ވަޒީފާއަށް އެދޭފަރާތުގެވަނަވަރު(ގުޅޭނެ ފޯން ނަންބަރާއި،އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.
- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮސްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް
|
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
|
މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:
|
މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. މިލަދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 އޮކްޓޯބަރ 27 ން 15 ނޮވެމްބަރ 2019 އާއި ދެމެދު ނ.މިލަދޫ ސިއްޙީމަރުކަޒުގައެވެ.
|
ޝޯޓްލިސްޓްކުރުން
|
މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037 ނުވަތަ 6560611 ނަންބަރު ފޯނާއެވެ.
އީމެއިލް ކުރާނީ [email protected]އަށެވެ.
|