ދިވެހިރާއްޖެ
މަޤާމް :ނޭޝަނަލް ޕްލޭނިންގ (ޑިވެލޮޕްމަންޓް) ކޮންސަލްޓަންޓް | |||||
---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||
އިޢުލާން މި މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް އަންނަނިވި ދާއިރާއަށް ފަންނީ ތަޖުރިބާކާރަކު މި މިނިސްޓްރީއަށް 'އިން ހައުސް ކޮންސަލްޓަންޓުން' ގެ މަޤާމަށް 01 އަހުރު ދުވަހުގެ ކޮންޓްރެކްޓް މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2019 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ ފޯން: 4004700 / 4004957 އީ-މެއިލް: [email protected] ވެބްސައިޓް: www.planning.gov.mv 16 ޞަފަރު 1441 |