މަސައްކަތް
ނަންބަރު: (IUL)457-AIT/1/2019/40
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 20 އޮކްޓޫބަރު 2019 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެނިމޭޓެޑް ވީޑިއޯ، ރިޕޯޓް ލޭއައުޓް އަދި ލީފްލެޓް ލޭއައުޓް ހަދަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 16 އޮކްޓޫބަރު 2019 13:45 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

އެނިމޭޓެޑް ވީޑިއޯއެއް ހެދުމާއިބެހޭ

  އެނިމޭޓެޑް ވީޑިއޯއެއް ހެދުމާއި ގުޅޭގޮތުން ކުރެވުނު މިބިއުރޯގެ ނަންބަރު. (IUL)457-AIT/2019/38 (10 އޮކްޓޯބަރު 2019 ) އިޢުލާނުގައިވާ މަސައްކަތަށް ބަދަލު އައިސްފައިވާތީވެ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  2019  އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޮކްޓޯބަރ 20 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

-          އެނިމޭޓެޑް ވީޑިއޯ ހެދުން.

-          ރިޕޯޓެއް ލޭއައުޓް ހަދައި ޑިޒައިންކުރުން.

-          ލީފްލެޓެއްގެ ލޭއައުޓް ހަދައި ޑިޒައިން ކުރުން.

 

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 ނުވަތަ 3008410 އަށް ގުޅުއްވުން އެދެމެވެ.

 

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

16 ޞަފަރު     1441

15 އޮކްޓޫބަރު 2019