ތަމްރީނު
ނަންބަރު: (IUL)479-HR/1/2019/18
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 23 އޮކްޓޫބަރު 2019 13:30
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ހިންގުމަށް ހަމަޖެހިފައިވާ "އެކްސަލަރޭޓެޑް ރޫޓް ޓު މެންބަރޝިޕް" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ ޗާޓަރޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓަރސް (ސިއަރބް) ގެ "އެކްސަލަރޭޓެޑް ރޫޓް ޓު މެންބަރޝިޕް" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުޞަތު ހުޅުވާލައި އިޢުލާން ކުރީމެވެ.

 

މި ކޯސް ހިންގުމަށް ޤަސްދުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު މާލޭގައެވެ. މި ކޯސް ހިންގާނީ ސިއަރބްގެ ފަރާތުންނެވެ. ކޯސް ބާއްވާނެ ތާރީޚާއި، ތަން ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފަހުގެ ތާރީޚެއްގައި އެންގޭނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި ކޯހުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

މި ކޯހަކީ ވަކި އަދަދަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކޯހެއްކަމުން މި އަދަދަށްވުރެ އިތުރަށް، ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅައިފިނަމަ، ކޯހަށް ބައިވެރިން ހޮވާނީ ސިއަރބް އިން ކަމުގައި ދެންނެވީމެވެ.

  

ކެންޑިޑޭޓުންގެ ޝަރުޠު

ޤާނޫނީ ދާއިރާއިން، ނުވަތަ ކޮންސްޓްރަކްޝަނާއި އިންޖިނިއަރިންގ ދާއިރާއިން، ނުވަތަ ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން ނުވަތަ ޝިޕިންގ އެންޑް މެރިޓައިމްގެ ދާއިރާއިން ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މަދުވެގެން 5 އަހަރު ދުވަހުގެ ދާއިރާއާގުޅޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ކޯހަށް ރަޖިސްޓަރވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ޕަރސަނަލް ސްޓޭޓްމަންޓް
  2. ކޯހަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ކޯހަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ކޯހަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ މަތީ ތަޢުލީމީ ސެޓުފިކެޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައެޅި އެކްރެޑިޓްކޮށްފައިވާ ކޮޕީ)

ސުންގަނޑި

2019 އޮކްޓޫބަރު 23 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން

ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް، ބަންދު ސިޓީއުރައެއްގައި، "އެކްސަލަރޭޓެޑް ރޫޓް ޓު މެންބަރޝިޕް ކޯހަށް ރަޖިސްޓަރވުމަށް އެދި" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

 

މި ކޯހާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010103 އަށެވެ. ނުވަތަ އީ-މެއިލް ކުރާނީ [email protected] އަށެވެ.

      

                                16 ޞަފަރު  1441   

15 އޮކްޓޫބަރު 2019