މަސައްކަތް
ނަންބަރު: (IUL)13-K/13/2019/284
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 23 އޮކްޓޫބަރު 2019 10:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާން ތައްޔާރުކޮށްދިނުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އެދިލެއްވުމުގެ މަތިން، ގދ. ތިނަދޫގައި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ކައްކާ ކާން ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2019 އޮކްޓޫބަރު 22 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އެޑްރަހަށް މެއިލްކުރުމުން ރެޖިސްޓްރީ ކޮށްދެވޭނެއެވެ.

 

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޫބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.

 

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 30,000/-ރ (ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

 

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި 15 އޮކްޓޫބަރު 2019 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި، މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

 

6. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

 

7. ބިޑު ހުޅުވުން އޮންނާނީ 2019 އޮކްޓޫބަރު 23 ވާ ބުދަ 10:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

8. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

 

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 1617

އީ-މެއިލް:[email protected]

ކޮޕީ: [email protected]

14 އޮކްޓޫބަރު 2019