މަޤާމް:
|
ސޯޝަލް ސަރވިސް ވަރކަރ
|
މަޤާމް ނަންބަރު:
|
J-316864
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ ނުވަތަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ
|
މަސައްކަތު ގަޑި:
|
ޑިއުޓީ އުސޫލުން
|
ޑިވިޜަން/ސެކްޝަން:
|
ސޯޝަލް ސަރވިސް ޑިޕާޓްމަންޓް
|
މުސާރަ:
|
-/5610 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ.
- ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެކިއެކި ގޮތްގޮތުން އަނިޔާލިބޭ ކުދިންގެ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށަން ގެންނަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ކުދިން ބަލަހައްޓާ ގޮތް މޮނިޓަރކޮށް ސުޕަވައިޒަކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބަހައްޓާ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ކޭސްވާރކް ކުރުމާއި، ކުދިންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް އަދި ކައުންސެލިންގ ފޯރުކޮށްދިނުން. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ލަފާދިނުން.
- ދައުލަތުގެ ބެލުމުގެ ދަށުގައިވާ އަމާންހިޔާގައި ބައިތިއްބާނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކުގެ ޙާލަތު ގަވާއިދުން ބަލައި މޮނިޓަރކުރުމާއި، އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- ކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ކޭސްވާރކަރުންނާއި ސްޕަވައިޒަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންނަގާ މަރުކަޒުތަކުގެ ފަންނީ މުވައްޒަފުން މަދު މަރުކަޒުތަކާއި ކޭސް ލޯޑް ނިސްބަތުން ގިނަވަމުންދާ މަރުކަޒުތަކުގައި މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތިން މަސައްކަތްކުރުން.
- އަނިޔާ ލިބިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެއުމުގެ މަސައްކަތްތައް ހިޔާތަކާއި ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ކުރުން.
- އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ ޢާންމު ޙާލަތައް ރުޖޫޢަވުމަށްޓަކައި ކަމާބެހޭ ދާއިރާ ތަކާއި ގުޅިގެން މަގުފަހި ކޮށްދިނުން.
- އަނިޔާ ލިބިގެން ގެނެވޭ އަންހެނުންނާއި ކުދިންނަނާއި އެނޫންވެސް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، މުޖުތަމަޢުއަށް އަނބުރާ ނެރެވޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހިޔާތަކުން ނެރެވޭނެ އިންތިޒާމް، ހިޔާތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ކުރުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި ޑިޕާޓްމަންޓްގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތެއް ކުރުން.
- އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިމިނިސްޓްރީން ތައްޔަރުކުރާ މަޢުލޫމާތު ތައްޔާރުކުރުމުގައި އެޑްވޮކަސީ، އައުޓްރީޗް އެންޑް މީޑިއާޑިވިޜަންއަށް އެހީތެރިވުން.
- ފޮސްޓަރިންގ މެކޭނިޒަމް" ގެ ދަށުން ޙަވާލުކުރެވޭ ކުދިންގެ ޙާލަތު ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމާއި، ކުދިންގެ ޙާލަތަށް ނޭދެވޭ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭނަމަ، އެކަން ޙައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފޮސްޓަރ ކުރެވޭ ކުދިން އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ޙާލަތެއްގައި ނެގުމުގެ އިންތިޒާމް ހަމަޖެއްސުން.
- ފޮސްޓަރ ކުރަން އެދޭ ފަރާތްތަކަށް ފޮސްޓަރކުރުމުގެ މަޢުލޫމާތު އެރުވުން.
- ފޮސްޓަރކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން.
- ފޮސްޓަރ ކުރަން އެދޭ ފަރާތްތަކުގެ އެސެސްމަންޓްތައް ގަވާއިދުން ހަދައި، ފޮސްޓަރ ޕެނަލްއަށް ހުށަހަޅައިގެން ޕެނަލްއިން ނިންމާގޮތެއްގެ މަތިން ފޮސްޓަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- ފޮސްޓަރ ޕެނަލްއަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ފޮސްޓަރ ޕެނަލްގެ ސެކްރެޓޭރިއަޓު ބެލެހެއްޓުން.
- ފޮސްޓަރ ޕެނަލް ހިންގުމަށް ބޭނުންވާ އުޞޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމަށް އެހީތެރިވެދީ ތަންފީޒުކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ފޮސްޓަރ ކުރެވޭނެ ކުދިން މަރުކަޒުތަކާ ގުޅިގެން ބަލައި، އެ ކުދިން ފޮސްޓަރކުރުމަށް ކުރެވޭނެ މަސައްކަތްތައް ހޯދައި ބަލައި، އެ ފުރުސަތު ހޯދައި ދިނުން.
- ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތާއި އުޞޫލުތަކާ އެއްގޮތަށް، ފޮސްޓަރ ކުރުމަށް ޙަވާލުކުރަން ނިންމާ ފަރާތްތަކާ ކުދިން ޙަވާލުކުރުމުގެ ކުރިން ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންތައްތަކާއި ކޯޓުތަކުން ނިންމަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ނިންމުން.
- ފޯސްޓަރކުރެވޭ ކުދިން މޮނިޓަރކުރުމަށް ޕްލޭން ހަދައި، ޕްލޭންއާ އެއްގޮތަށް ގަވާއިދުން މޮނިޓަރކޮށް، ކުދިންގެ ޙާލަތު ފޮސްޓަރ ޕެނަލްއަށް ރިޕޯޓްކުރުމާއި އެ ރެކޯޑްތައް ތަރުތީބުކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
ސައިކޮލޮޖީ،ކައުންސެލިން، ސޯޝިއޮލޮޖީ، ސޯޝަލް ވޯކް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޫބަރު ނުވަތަ ނޮވެންބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ.
|
15 ޞަފަރު 1441ހ
14 އޮކްޓޫބަރު 2019މ
|