މަސައްކަތް
ނަންބަރު: GS60(B)/2019/042
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި:
27 އޮކްޓޫބަރު 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެން ކުލާސްރޫމް ހެދުން
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2019/042
އިޢުލާނު
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިސްކޫލްގައި ސެން ކުލާސްރޫމެއް ހެދުމަށް ބޭނުން ވެގެން ކުރި މި ސްކޫލުގެ ނަންބަރު GS60(B)/2019/38 (18 ސެޕްޓެންބަރު 2019)ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި އިއުލާނަކީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ 2 ވަނަ އިޢުލާނެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މިސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރު 22 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 އޮކްޓޯބަރު 23 ވާ ބުދަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރު 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު، ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދޫ ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
15 ޞަފަރު 1441
14 އޮކްޓޯބަރު 2019
14 އޮކްޓޫބަރު 2019